Last Updated: June 5, 11:07
Friday, June 5, 2026
ރިޕޯޓް

ރޯދަ ރަހަ: އަލްޖީރިއަން ކެފްތާ

* ބޭނުންވާ ތަކެތި:

1 ޕައުންޑް ގްރައުންޑް ބީފް
2 ލޮނުމެދު (ކުދިކޮށް ކޮށާފައި)
2 ޖޯޑު ފިޔާ (ކުދިކޮށް ކޮށާފައި)
4 ޖޯޑު ތެޔޮ
3 ބޮޑު ޓޮމާޓޯ (ކުދިކޮށް ކޮށާފައި)
1 ޖޯޑު ޓޮމާޓޯ ސޯސް (ބޭނުން ވައްތަރެއް)
1 ޖޯޑު ކާށިކިރު
ބޭނުންވާ ވަރަށް ލޮނު
ބޭނުންވާ ވަރަށް އަސޭމިރުސް
ބޭނުންވާ ތެޅި މިރުސް

ތައްޔާރު ކުރާނެ ގޮތް:

ފުރަތަމަ ބީފްކޮޅު މިންސްކޮށްފައިވާ ލޮނުމެދާއި މޭޒުމަތީ ސަމުސަލެއްގެ ފިޔާއާ އެއްކޮށްލާށެވެ. ދެން އެއްކުރި މިކްސްގަނޑުން ކުދި ކުދި ގުޅަތައް ވަށާލާށެވެ. އެގޮތުން 12-14 މީޓް މިކްސް ގުޅަ ވަށާލަންވާނެއެވެ.

ތާހެއްގައި ތެޔޮ ހޫނުކުރާށެވެ. އަދި ބީފް ގުޅަތައް މުށިކުލަ އަރައި ނާދާވަރަށް ތެލުލާށެވެ. ތެލުލި މީޓް ބޯލްސްތައް ތައްޓެއްގައި އަތުރާލާށެވެ. އެއަށްފަހު ތެޔޮ ތާސް އުދާފައިވާ އުދުނުގެ ގިނަ މަޑުކޮށްލައި އޭގައިހުރި ތެލުން ބައެއް ނަގައި މަދުކޮށްލާށެވެ. މި އަށްފަހު ތާހުގެ ތެރެއަށް ބާކީ ހުރި ފިޔާތައް އަޅާލައި މީރުކުރާށެވެ. އަދި މީގެ ތެރެއަށް ލޮނާއި އަސޭމިރުހާއި ތެޅިމިރުހާއި ލޮނުމެދުކޮޅު އަޅައި މީރުކޮށްލާށެވެ.

ދެން ކޮށާފައިވާ ތިން ޓޮމާޓޯ މިމިކްސްގަނޑަށް އެއްކޮށްލުމަށް ފަހު އޭގެ ތެރެއަށް ޓޮމާޓޯ ސޯސް ޖޯޑު އަޅާލުމަށް ފަހު ފަސްމިނެޓެއްހާ އިރު މަޑު ގިނީގައި މީރުކޮށްލާނީ އެވެ. އެއަށްފަހު ކިރު ޖޯޑު އަޅާލުމަށްފަހު އެންމެ މަޑު ގިނީގައި 10 މިނެޓު ބަހައްޓާލާށެވެ.

ދެން މީޓް ބޯލްސްތައް ސޯސްގަނޑަށް އަޅައިލާނީ އެވެ.