Last Updated: June 5, 20:43
Friday, June 5, 2026
މުނިފޫހިފިލުވުން

އަނިލްގެ 'ސުބޭދާރް' ޓްރެއިލާ އާންމުކޮށްފި

އަންނަ މަހު އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާ ކުރަން ހަމަަޖެހިފައިވާ އަނިލް ކަޕޫރްގެ އާ ފިލްމު 'ސުބޭދާރް' ގެ ޓްރެއިލާ އާންމުކޮށްފި އެވެ.

އަންނަ މަހުގެ 5 ގައި ބެލުންތެރިންނަށް ދޫކޮށްލަން ހަމަޖެހިފައިވާ މި ފިލްމަކީ ސުރޭޝް ތުރިވޭނީގެ ޑައިރެކްޝަނެކެވެ. އޭނަ އަކީ ނެޓްފްލިކްސް އަށް ގެނެސްދޭން ތައްޔާރުވަމުން އަންނަ މަދޫރީ ޑިކްސިޓާއި ޓްރިޕްތީ ދިމްރީގެ ފިލްމު 'މާ ބެހެން' ގެ ވެސް ޑައިރެކްޓަރެވެ.

ސުރޭޝް ކުރިން ވަރަށް ކާމިޔާބު ދެ ފިލްމު ގެނެސްދީފައިވެ އެވެ. އެއީ ވިދިއާ ބާލަންއަ އެކު ގެނެސްދިން 2017 ގެ 'ތުމާރީ ސުލޫ' އާއި 2022 ގެ 'ޖަލްސާ' އެވެ.

އަނިލްއާ އެކު 'ސުބޭދާރް' ގެ ކާސްޓްގައި ރާދިކާ މަދަން، ސޯރަބް ޝުކްލާ، މޯނާ ސިންގް، އަދިތިޔާ ރަވަލް އަދު ފައިސަލް މަލިކް ހިމެނެ އެވެ.

އަނިލްގެ އާ ވެބް ސީރީޒެއް ވެސް ވަރަށް އަވަހަށް ނެޓްފްލިކްސް އަށް ގެންނަން އޮތީ ޕްލޭންކޮށްފަ އެވެ. އެއީ ޕްރީމިއާ ކުރާނެ ތާރީހެއް އަދި އިއުލން ނުކުރާ 'ފެމިލީ ބިޒްނެސް' އެވެ.

އޭނަގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ 'ވޯ 2' އިންނެވެ. އަނިލްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި އާލިއާ ބަޓްގެ 'އަލްފާ' އާއި ޝާހްރުކް ޚާންގެ 'ކިންގް' ހިމެނެ އެވެ.