Last Updated: June 5, 20:43
Friday, June 5, 2026
ދުނިޔެ

ޑްރަގް ބޮޑަކު މަރުވުމުން ހަމަނުޖެހުން ބޮޑުވެއްޖެ

ފުލުހުން އަތުލައިގަަތް މެކްސިކޯޖެ ޑްރަގް ބޮޑަކު މަރުވުމާ ގުޅިގެން، އޭނަ ނިސްބަތްވާ ގޭންގުން ހިންގަން ފެށި ހަމަނުޖެހުންތައް ބޮޑުވެ މަގުތަކަށް ގިނަ އަދަދެއްގެ ސިފައިން ނެރެފި އެވެ.

އެލް މެންޗޯގެ ނަމުން މަޝްހޫރު ޑްރަގް ބޮޑެއް ކަމަށްވާ ނެމިސިއޯ އޮސެގޫރާ ސާވެންޓެސް ފުލުހުން އަތުލައިގަތީ އާދީއްތަ ދުވަހު އެވެ. މެކްސިކޯގެ ޖަލިސްކޯ ސްޓޭޓުން އޭނަ އަތުލައިގަތީ ލޯބިވެރިޔާގެ ގާތުގައި އޮއްވައި ޓްރެކްކޮށް ހިންގި އޮޕަރޭޝަނެއްގަ އެވެ. އެ އޮޕަޝަންގައި އަމް މެންޗޯގެ ގާޑުންނާއި ސަލާމަތީ ބާރުތަކުގެ އޮފިޝަލުންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގައި އަލް މެންޗޯގެ ގޭންގްގެ ހަ މީހަކު ވެސް މަރުވެފައިވެ އެވެ. އެވެ.

އަލް މެންޗޯ މަރުވީ އަތުލައި ގަނެ ޖަލިސްކޯގެ ޓަޕަލްޕާ އަވަށުން ވެރިރަށް، މެކްސިކޯ ސިޓީ އަށް ބަދަލު ކުރުމުގެ ތެރޭގަ އެވެ.

އޭނަ އަކީ މެކްސިކޯގެ އެންމެ ނުރައްކާތެރި ގޭންގްތަކުގެ ތެރޭގައި ހިމެނޭ ޖަލިސްކޯ ނިއު ޖެނެރޭޝަން ކާޓެލް (ސީޖޭއެންޖީ) ގެ ލީޑަރެވެ. އަދި އަލް މެންޗޯ އަކީ ފުލުހުން އަތުލައިގަންނަން މަސައްކަތް ކުރަމުން އަންނަ މެކްސިކޯގެ އެންމެ ބޮޑެތި ކުށްވެރިންގެ ތެރެއިން އެކެކެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި އޭނަ ވަނިކޮށް މަރުވުމާ ގުޅިގެން އަލް މެންޗޯ ގޭންގްގެ ހަރަކާތްތައް ބޮޑު ސަރަހައްދުތަކުގައި، ހަމަނުޖެހުންތައް ހިންގަން ފެށި އެވެ. އެގޮތުން 20 ސިޓީއެއްގައި ހަމަނުޖެހުން ބޮޑުވެފައިވެ އެވެ. މިކަމާ ގުޅިގެން އިއްޔެއާ ހަމައަށް 9،500 އަށް ވުރެ ގިނަ ސިފައިން މަގުތަކަށް ނެރެފައިވެ އެވެ. މަގުތަކަށް ނުކުތް މީހުން ބައެއް ތަންތަނަށާއި ވެހިކަލްތަކަށް ވެސް ގެއްލުންދީ ރޯކޮށްފައިވެ އެވެ.

މެކްސިކޯގެ ޑިފެންސް ސެކްރެޓަރީ ރިކާޑޯ ޓްރެވިލާ ވިދާޅުވީ ހަމަނުޖެހުންތަކުގައި މިހާތަނަށް 30 އާ ގާތްކުރާ އަދަދަކަށް މީހުން މަރުވެފައިވާ ކަމަށެވެ.