އިންޑިއާގެ ކުޅަދާނަ ތެލެގޫ ޑައިރެކްޓަރު ނާގް އާޝްވިންގެ "ކަލްކީ 2898 އޭޑީ" ގެ ދެވަނަ ބައިގެ ޝޫޓީން ފަށައިފި އެވެ.
މީގެ ކާސްޓްގައި ހިމެނޭ އެކްޓަރުންގެ ތެރެއިން އަމީތާބް ބައްޗަން ވަނީ ފިލްމުގެ ޝޫޓިން ފެށި ވާހަކަ ހިއްސާކޮށް، އޭނަގެ ބްލޮގްގައި ސެޓުން ނަގާފައިވާ ފޮޓޯތަކެއް ވެސް ހިއްސާކޮށްފަ އެވެ. ދެހާސް ސައުވީހުގައި ރިލީޒްކުރި "ކަލްކީ" ގައި ވެސް އަމީތާބް މުހިއްމު ރޯލެއް ކުޅެފައިވާ އިރު، އޭނަގެ ކެރެކްޓާގެ ނަމަކީ އަޝްވަތައްމާ އެވެ.
އަމީތާބް ހިއްސާކުރި ފޮޓޯތަކުގައި ފިލްމުގެ ސެޓުން އޭނަގެ އެކުވެރިޔާ، އެކްޓަރު ކަމަލް ހަސަންއާ އެކު ނަގާފައިވާ ފޮޓޯތަކެއް ވެސް ހިމަނައި، އޭނައާ ބައްދަލުވުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށް ބުނެފައިވެ އެވެ.

"ކަލްކީ" އަކީ ހުރާފީ ސައިންސް ފިކްޝަން ފިލްމެކެވެ. މީގެ ލީޑް ބަތަލަކީ ޕްރަބާސް އެވެ. ފުރަތަމަ ބައިގެ ކާސްޓްގައި ދީޕިކާ ޕަދްކޯނާއި ޑިޝާ ޕަޓާނީ އާއި ކަމަލް ހަަސަނާއި ބުރައްމަނަންދަން އާއި ރަޖެންދުރަ ޕްރަސާދާއި ޝޮބާނާ އަދި ސަސްވަތާ ޗެޓަޖީ ހިމެނެ އެވެ.
"ކަލްކީ 2" އިން ދީޕިކާ ވަކިވެފައިވާތީ އޭނަގެ ކެރެކްޓާ އަށް މިހާރު ސައީ ޕައްލަވީ ނަގާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެކަމަކު އެކަން އަދި ކަށަވަރެއް ނޫނެވެ. ދީޕިކާ ފިލްމު ދޫކޮށްލުމާ ގުޅިގެން އޭނަގެ ރޯލު ޕްރިޔަންކާ ޗޯޕްޅާ އަށް ހުށަހެޅިކަމުގެ އަޑުތަކެއް ވެސް ދާދި ފަހުން އަރާފައިވެ އެވެ.
"ކަލްކީ 2" ގެ ޝޫޓިން ފެށި އިރު، މީގެ ފުރަތަމަ ބައިގެ މަސައްކަތުގެ ތެރޭގައި ދެވަނަ ބައިގެ ބައެއް މަންޒަރުކެއް ވެސް ޝޫޓްކޮށްފައިވެ އެވެ.
ޖުމްލަ 600 ކްރޯޑް ރުޕީސް (66 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި "ކަލްކީ" ބޮކްސް އޮފީހުގައި އާމްދަނީގެ ގޮތުގައި 1،200 ކްރޯޑް ރުޕީސް (132 މިލިއަން ޑޮލަރު) ލިބިފައިވެ އެވެ.