އިންޑިއާގެ އެއާ އެމްބިއުލާންސެއް ވެއްޓި އޭގައި ތިބި 7 މީހުން މަރުވެއްޖެ އެވެ.
މީޑިއާތަކުން ބުނީ ރޭ ދަންވަރު ބަލިމީހަކު ގޮވައިގެން ދަތުރުކުރި އެއާ އެމްބިއުލާންސް ރޭގެ ވަގުތެއްގައި ވެއްޓުނީ ޖާކަންދު ސްޓޭޓްގެ ރާންޗީ އިން ވެރިރަށް ރަށް ނިއު ދިއްލީ އަށް ދަތުރު ކުރަނިކޮށް ކަމަށެވެ.
އެއާ އެމްބިއުލާންސް ވެއްޓުނީ ޖަންގަލީގެ ސަރަހައްދަކަށެވެ. މި ހާދިސާގައި އޭގައި ތިބި އެންމެން ވަނީ މަރުވެފަ އެވެ. ވެއްޓުނު އެއާ އެމްބިއުލާންސަކީ ރެޑްބާޑް އެއާވޭސް އިން އޮޕަރޭޓްކުރާ އެއްޗެކެވެ. އަދި އެއީ ބީޗްކްރާފްޓް ސީ90 މަރުކާރުގެ އުޅަނދެކެވެ.
އިންޑިއާގެ ޑިރޮކްޓަރޭޓް ޖެނެރަލް އ\ޮފް ސިވިލް އޭވިއޭޝަނުން ބުނީ އެއާ އެމްބިއުލާންސް ވެއްޓުނީ މޫސުން ގޯސްވެގެން ކަމަށެވެ. އެ ވެއްޓުމުގެ ކުރިން ސިގްނަލް ގެއްލި ގުޅުން ވެސް ކެނޑިފައިވެ އެވެ.
މި ހާދިސާ މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.