ވަގަށް ކުރުނބާ އެޅި މައްސަލައެއްގައި މީހަކު ހަ މަހަށް ޖަލަށް ލާން ހުކުމްކޮށްފި އެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހު އިރާކޮޅު ވަގަށް 25 ކުރުނބާ އެޅި މައްސަލައިގައި ޖަލު ހުކުމެއް އިއްވީ ކުޅުދުއްފުށީ މީހެއްގެ މައްޗަށެވެ.
އެ މައްސަލާގައި ދައުލަތުން އޭނަގެ މައްޗަށް ދައުލަތުން ކުރީ ވައްކަން ކުރުމުގެ ކުށުގެ ދައުވާ އާއި އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާ އެވެ.
މި މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި އޭނަ ވަނީ ކުށަށް އިއުތިރާފުވެ ވިހާ ވެސް ލުއި އަދަބެއް ދޭން އެދިފައެވެ. ނަމަވެސް އޭނަ އަކީ ވައްކަމުގެ ކުށުގެ ރިކޯޑްތައް ކުރިން ވެސް އޮތް މީހަކަށްވުމައި އެފަދަ އެހެން މައްސަލައެއް މިހާ ރުވެސް ހިނގަމުންދާތީ ޕީޖީ އޮފީހުން ވަނީ އަދަބު ލުއިކޮށްދޭން ދެކޮޅު ހަދައިފަ އެވެ.
ދެ މައްސަލަ ނިންމާ ކޯޓުން އިއްވި ހުކުމުގަ އިވަނީ އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާގެ އަދަބެއް ގޮތުން އެއް މަހާއި 24 ދުވަހުގެ ޖަލު ހުކުމްކޮށްފަ އެވެ. އަދި ވައްކަމުގެ ކުށް ސާބިތުވުމުން އެ ކުށުގެ އަދަބެއްގެ ގޮތުން ތިން މަހާއި 10 ދުވަހަށް ޖަލަށްލާން ހުކުމްކޮށްފައިވެ އެވެ.