ވަރަށް ގިނަ އަދަދެއްގެ ފިލްމުތަކާއި ޓީވީ އުފެއްދުންތަކުގައި ވެސް މަސައްކަތްކޮށްފައިވާ ހޮލީވުޑްގެ އެކްޓަރު ރޮބަޓް ކެރަޑީން މަރުވެއްޖެ އެވެ.
'ދަ ލޯންގް ރައިޑާސް' އާއި 'ރިވެންޖް އޮފް ދަ ނާޑްސް' ފަދަ ކާމިޔާބު ފިލްމުތައް ކުޅެފައިވާ ކެލީފޯނިއާ އަށް އުފަން އެކްޓަރު މަރުވި އިރު، އުމުރަކީ 71 އެވެ. ރޮބަޓް މަރުވި އިރު، ފާއިތުވި ދެ އަހަރު އޭނަ ގެންދިޔައީ ނަފުނާސީ ބައްޔެއް ކަމަށްވާ ބައިޕޯލާ ޑިސްއޯޑާ ތަހައްމަލު ކުރަމުންނެވެ.
ތިން ދަރިން ތިބި ރޮބަޓްގެ އެންމެ ފަހުގެ ފިލްމަކީ 2024 ގެ ތުރިލާ 'ދަ ނައިޓް ދޭ ކޭމް ހޯމް' އެވެ. އޭނަގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި 'ދަ ޑްރައިވާ'، 'ދަ ސްޕެކްޓާ' އަދި 'ކޮވިޑް-2021' ހިމެނެ އެވެ.
ރޮބަޓް ކުޅުނު ސިލްސިލާތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ސީރީޒަކީ 'ލިޒީ މެގްއާ' އެވެ.