Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ގަވާއިދާ އެއްގޮތަށް ދުއްވި މީހުންނަށް ހަދިޔާ

ގަވާއިދާ އެއްގޮތަށް ހުރި އުޅަނދުތައް ދުއްވި މީހުންނަށް ފުލުހުން ހަދިޔާ ދީފި އެވެ.

ޓްރެފިކް ޕޮލިސް އިން ސޯޝަލް މީޑިއާ ކުރި ޕޯސްޓެއްގައި ބުނީ ރޯދަ މަހު ކުރިއަށް ގެންދާ "ފަހިރާސްތާ" ޕްރޮގްރާމްގެ ދަށުން އިއްޔެ ހަވީރު މަގުމަތީގައި ފުލުހުން ހަރަކާތްތެރިވެ، ބައެއް އުޅަނދުތައް ބަލައިފާސްކޮށްފައިވާ ކަމަށެވެ.

އެ ހަރަކާތުގައި، ގަވާއިދާ އެއްގޮތަށް ހުރި ކަމަށް ފާހަގަވި އުޅަނދުތަކުގެ ވެރިންގެ އަގު ވަޒަން ކުރުމުގެ ގޮތުން އެ މީހުންނަށް ހަދިޔާތައް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ ހަދިޔާތަކަކީ ފުލުހުން 'ރައްކާ' ހަރަކާތުގެ ޕާޓްނަރުން ފޯރުކޮށްދީފައިވާ ހަދިޔާތައްކަން އެ މުއައްސަސާއިން ފާހަގަކުރި އެވެ.

ފުލުހުން ބުނީ އެ ހަރަކާތުގެ ތެރެއިން ޖުމްލަ 62 އުޅަނދެއް ބަލައިފާސްކުރި ކަމަށެވެ.