* ބޭނުންވާ ތަކެތި:
2 ޖޯޑު ބާސްމަތީ ހަނޑޫ
1 ޖޯޑު ކެޝޫނަޓް
1/2 ޖޯޑު ހިކިމޭބިސްކަދުރު
1 ޖޯޑު ލީކްސް (ތުނިކޮށް ކޮށާފައި)
1 ކުޑަ ފިޔާ (ތުނިކޮށް ކޮށާފައި)
4 ލޮނުމެދު (ކޮށާފައި)
އޮލިވް އޮއިލް
1/2 ސައިސަމުސާ ސޯޔާ ސޯސް
ލޮނު
ފެން
* ތައްޔާރު ކުރާނެ ގޮތް:
ބާސްމަތީ ހަނޑޫ ދޮވެލުމަށް ފަހު ތެލާއި ލޮނާއި ފެންފޮދެއްގައި ބަތް ކައްކާލާށެވެ. ފެން އަޅާނީ ޗަސް ނުވެ ބަތް ހިކިކޮށް ހުންނަ ވަރަށެވެ. ބަތް ކެކުމުން ޓްރޭއެއްގައި ފަތުރާލާފައި ބަހައްޓާށެވެ. ދެން، ތެއްޔަކަށް ކުޑަ ތެޔޮފޮދެއް (ގާތްގަނޑަކަށް 1/4 ޖޯޑު) އެޅުމަށް ފަހު، މަޑު ގިނީގައި ބަހައްޓައި ތެޔޮ ހޫނު ވުމުން ކެޝޫނަޓް އަޅައި އެ ތެލުލާލާށެވެ. ދެން އެ ނެގުމަށް ފަހު ހިކިމޭބިސްކަދުރުކޮޅު އަޅައިގެން އެވެސް ތެލުލާލާށެވެ.
ހިކިމޭބިސްކަދުރު ތެލުލެވުމުން އެވެސް ނެގުމަށް ފަހު، ތެޔޮ މާ ގިނަ ނަމަ، ތެޔޮ ވެސް މަދުކޮށްލުމަށް ފަހު، ނަޓް ތެލުލި ތެޔޮފޮދުގެ ތެރެއަށް ލީކްސްކޮޅު އަޅާލާށެވެ. ލީކްސް މޯޅި ވުމުން ފިޔާ، ލޮނުމެދު އަދި ކުޑަ ލޮނުކޮޅެއް އަޅާލައިގެން ރަނގަޅަށް ކައްކާލާށެވެ.
ފިޔާކޮޅަށް ކުޑަކޮށް މުށި ކުލަ އަރަން ފެށުމުން ސޯޔާ ސޯސްފޮދު އަޅާލައި، ނަޓްކޮޅު ވެސް އަޅާލައި އެއްކޮށްލާނީ އެވެ. އެއަށް ފަހު އެ ބައި ބާސްމަތީ ބަތް ތެއްޔަށް އަޅައި ރަނގަޅަށް އެއްކޮށްލާނީ އެވެ.
ސާވްކުރުމުގެ ކުރިން ބޭނުން ނަމަ ބަތްގަނޑުގެ މައްޗަށް ކުދިކޮށް ކޮށާފައި ހުރި ކޮރިއަންޑާ ފަތް އަދި މިރުސް ވެސް ކޮށާފައި އަޅާލެވިދާނެ އެވެ.