Last Updated: July 25, 10:51
Saturday, July 25, 2026
ޚަބަރު

ވެމްކޯގެ ސައިޓެއްގައި އަނިޔާވި މީހަކު ވެންޓިލޭޓަރުގައި

ވެމްކޯގެ ސައިޓެއްގައި ހިނގި ހާދިސާއަކާ ގުޅިގެން އަނިޔާވި މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފި އެވެ.

ފުލުހުން ބުނީ މި މަހުގެ 22 ވަނަ ދުވަހު މާލޭގައި ހުންނަ ވެމްކޯގެ ސައިޓެއްގައި ދިމާވި ހާދިސާއަކާ ގުޅިގެން މީހަކަށް އަނިޔާވި މައްސަލައެއް އިއްޔެ ހަވީރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި ހާދިސާގައި އަނިޔާވި މީހާއަށް އައިޖީއެމްއެޗް ހޮސްޕިޓަލުގެ ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު، މި ހާދިސާއާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.