Last Updated: June 4, 23:58
Thursday, June 4, 2026
ޚަބަރު

އޮޅުހިޔާގެ މަރާމާތަށް އަލުން ބަޔަކު ހޯދަނީ

ބުޅާތައް ބަލަހައްޓަން ހާއްސަކޮށްގެން ހުޅުމާލޭގައި ހަދާފައިވާ އޮޅުހިޔާ މަރާާމާތުކޮށްދޭނެ ބަޔަކު ހޯދަން ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީން އިއުލާންކޮށްފިއެވެ.

އެތަނުން ބުނީ އޮޅުހިޔާގެ އައިސޮލޭޝަން ޔުނިޓާއި ޖެނެރަލް ހޯލްޑިން އޭރިއާ އާއި ފާހާނާ، އަދި އޮފީހާއި ފާރަވެރިންގެ ކޮޓަރި މަރާމާތު ކުރަން ބޭނުންވާ ކަމަށެވެ. މި މަސައްކަތްކޮށް ދޭނެ ބަޔަކު ހޯދަން މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން ކޮށްދޭނެ އިއުލާންކުރި އެވެ.

މިނިސްޓްރީން ބުނީ އޮޅުހިޔާގެ މަރާމާތަށް ބަޔަކި ހޯދަން އިއުލާން ކުރަން ޖެހުނީ އެންމެ ފަހުން، ކުރި އިއުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބަކީ، ކަނޑައަޅާފައިވާ ބަޖެޓަށް ވުރެ ބޮޑު އަދަދަކަށްވާތީ ކަމަށެވެ.

އެހެންވެ އޮޅުހިޔާާ މަރާމާތުކޮށްގެން ޝައުގުވެރިވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު މިހާރު އޮތީ އަންނަ މަހުގެ 5 އާ ހަމަައަށް ހުޅުވާލައިފަ އެވެ.

އޮޅުހިޔާ އަކީ މާލޭގެ މަގުތައްމަތީގައި ބުޅާތައް ގިނަވެ އެކަމުގެ ސަބަބުން އެކި ކަހަލަ މައްސަލަތައް ދިމާވަމުންދާތީ އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ތަނެކެވެ. މާލެ ސިޓީ ކައުންސިލުން ހެދި އެތަން ހުޅުވީ 2024 ގަ އެވެ.

އޮޅުހިޔާ ކައުންސިލުން އަތުން ނެގުމަށް މިނިސްޓްރީން ހިންގަމުން ދިޔަ ނަމަވެސް އެކަން މިނިސްޓްރީ އަށް ނުކުރެވޭ ކަމަށް ބުނެ ދާދި ފަހުން ކައުންސިލުން ވަނީ އޮޅުހޮޔާ އެތަނާ ހަވާލުކޮށް ދޭން ވެސް މިނިސްޓްރީގައި އެދިފަ އެވެ.