Last Updated: June 4, 23:58
Thursday, June 4, 2026
ޚަބަރު

ނުކުޅެދުންތެރިންގެ ދަފްތަރުގައި 15،236 މީހުން

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި މިދިޔަ މަހުގެ ނިޔަލަށް 15،200 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީކޮށްފައިވާ ކަމަށް ނެއެންސްޕާގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެތަނުން ސޯޝަލް މީޑިއާގައި ޙިއްސާކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާ އިރު މިދިޔަ މަހުގެ ނިޔަލަށް، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ޖުމްލަ 15،236 މީހުން ވަނީ ރަޖިސްޓްރީވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 6،410 އަންހެނުންނާއި، 8،826 ފިރިހެނުންނެވެ. އަދި ދަފްތަރުގައި 18 އަހަރުން ދަށުގެ ޖުމްލަ 5،160 ކުދިން ރަޖިސްޓްރީވެފައިވެ އެވެ. އޭގެތެރޭގައި ހިމެނެނީ 1563 އަންހެން ކުދިންނާއި، 3539 ފިރިހެން ކުދިންނެވެ.

މި މުއްދަތުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި، 18-64 އަހަރާ ދެމެދުގެ ޖުމްލަ 7،697 މީހުން ރަޖިސްޓްރީވެފައިވެ އެވެ. އޭގެތެރޭގައި ހިމެނެނީ، 3،744 އަންހެނުންނާއި، 3،953 ފިރިހެނުންނެވެ. ޖެނުއަރީ މަހުގެ ނިޔަލަށް 65 އަހަރުން މަތީގެ ޖުމްލަ 1،103 އަންހެނުންނާއި، 1،276 ފިރިހެނުން ރަޖިސްޓްރީވެފައިވެ އެވެ. އަދި އެ މުއްދަތުގައި 65 އަހަރުން މަތީގެ 2،379 މީހުން ރަޖިސްޓްރީވެފައިވެ އެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތެރަޕިއުޓިކް ފަރުވާއަށް ޖެނުއަރީ މަހު ޖުމްލަ 16.9 މިލިޔަން ރުފިޔާ ޚަރަދުކޮށްފަވެއެވެ. ވަކިވަކި ތެރްޕީތަކަށް ބަލާއިރު، އެންމެ ބޮޑު ޚަރަދެއް ޖަނަވަރީ މަހު ކޮށްފަވަނީ ބިހޭވިއަ ތެރަޕީއަށެވެ.

ތެރަޕީތަކުގެ ފަރުވާއަށް ކޮށްފައިވާ ޚަރަދުތައް:

* ބިހޭވިއަރަލް ތެރަޕީ: 340 މީހަކަށް 4.9 މިލިއަން ރުފިޔާ
* އޮކިއުޕޭޝަނަލް ތެރަޕީ: 323 މީހަކަށް 4.6 މިލިއަން ރުފިޔާ
* ސްޕީޗް ތެރަޕީ: 332 މީހަކަށް 4.3 މިލިއަން ރުފިޔާ
* އެޑިއުކޭޝަނަލް ތެރަޕީ: 216 މީހަކަށް 2.4 މިލިއަން ރުފިޔާ
* ފިޒިއޯތެރަޕީ: 25 މީހަކަށް 471،492ރ.
* ސައިކޯ ތެރަޕީ: 18 މީހަކަށް 75،600ރ.
* އާލީ އިންޓަވެންޝަން: 4 ކުއްޖަކަށް 23،100ރ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާލަތު ރަނގަޅު ކުރަން ސަރުކާރުން އަންނަނީ ތަފާތު ގޮތްގޮތަށް އެހީވަމުންނެވެ.