Last Updated: June 4, 23:58
Thursday, June 4, 2026
ޚަބަރު

މަސްދަޅު ކޭސް ދޫކުރާނީ ރޯދަ މަހުގެ 15 އާ ހަމަޔަށް

މި ރޯދަ މަހަށް ހާއްސަކޮށްގެން ސަރުކާރުން ރޯދަ ހަދިޔާގެ ގޮތުގައި ގޭބިސީތަކަށް ދޫކުރަން ފެށި މަސްދަޅު ކޭސް މާލެ ސަރަހައްދުގައި ދޫކުރާނީ ރޯދަ މަހުގެ 15 އާ ހަމައަށް ކަމަށް ލޯކަލް މިނިސްޓްރީން ބުނެފި އެވެ.

މަސްދަޅު ކޭސްތ ސަރުކާރުގެ ކުންފުނިތަކާ ގުޅިގެން މާލެ ސަރަޙައްދުގައި ބަހަން ފެށީ ހުސްވި މިދިޔަ މަހުގެ 24 ގައެވެ. މާލެ ސަރަޙައްދުގައި 15 މަރުކަޒުން މަސްދަޅު ކޭސް މި މަހުގެ 11 ވަނަ ދުވަހާ ހަމައަށް ދޫކުރިއެވެ.

ސޯޝަލް މީޑިއާ ޕޯސްޓެއްގައި މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވީ މަސްދަޅު ކޭސް، މާލޭ ސަރަޙައްދުގައި މިހާރު ދޫކުރަމުންދާ އެމްސީއެލްޕީގެ ޕަބްލިކް ވޯކްސް އާއި، ހުޅުމާލޭ ފޭސް 1 އާއި އަދި ފޭސް 2 ގެ މިފްކޯގެ ފިހާރައިން ކަމަށެވެ.

އަދި އެކަން ކުރިއަށް ދާނީ ރޯދަ މަހުގެ 15 ގެ ނިޔަލަށް ކަމަށް ވިދާޅުވި އެވެ.