Last Updated: June 5, 19:20
Friday, June 5, 2026
ދުނިޔެ

މޯދީ އިޒްރޭލުގައި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިޒްރޭލަށް ވަޑައިގެންފި އެވެ.

މި ދަތުުރުގައ ޔަހޫދީ ދައުލަތުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އިޒްރޭލުގެ ރައީސާ ވެސް މޯދީ ބައްދަލު ކުރައްވާނެ ގޮތަށް ހަމަޖެހިފައިވެ އެވެ. އަދި އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހުގައި މޯދީ މިއަދުގެ ތަގުރީރު ކުރައްވާ ގޮތަށް ވެސް ހަމަޖެހިފައިވެ އެވެ.

މޯދީގެ ދެ ދުވަހުގެ މުއްދަތަށް އިޒްރޭލަށް ކުރާ މި ދަތުރަކީ ދެ ގައުމުގެ ގުޅުން އިިތުރަށް ބަދަހި ކުރުމަށާއި މެދުއިރުމަތީގެ ގައުމުތަކާ އެކު އިންޑިއާ އިން ބާއްވަމުން އަންނަ ގުޅުމަކީ ހަމަހަމަ ގުޅުމެއްކަން ސާބިތުކޮށް ދޭނެ ދަތުރެއް ކަމަށް އިންޑިއާގެ ސަރުކާރުން ބުނެ އެވެ.

މޯދީ އަކީ އިންޑިއާގެ ބޮޑުވަޒީރެއްގެ ހައިސިއްޔަތުން އެންމެ ފުރަތަމަ އިޒްރޭލަށް ރަސްމީ ދަތުރެއް ކުރެއްވި ފުރަތަމަ ބޮޑުވަޒީރު ވެސް މެ އެވެ. އޭނަ އެ ދަތުރު ކުރެއްވީ 2017 ގަ އެވެ.

މޯދީ އިޒްރޭލަށް ވަޑައިގެންފައި ވަނީ އަނިޔާވެރި ޔަހޫދިން ފަލަސްތީނުގެ ނަސްލު ނައްތާލަން ކުރަމުންދާ ހަނގުރާމަ އަށް ދެ ތިން އަަހަރެއްހާ ދުވަސްވެފައި ވަނިކޮށެވެ. އެ ހަނގުރާމަ ފެށީ އޮކްޓޯބަރު 7، 2023 ގަ އެވެ.

މޯދީ އިޒްރޭލަށް ކުރައްވާ ދަތުރުގެ ތެރެއިން ފަލަސްތީނުގެ ލީޑަރަކާ ބައްދަލު ކުރައްވާ ގޮތަކަށް ހަމަޖެހިފައެއް ނެތެވެ.