Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ނަވީން ޝަރަފުވެރިކަމާ އެކު ރިޓަޔަކޮށްފި

އެންމެ ފަހުން ޕޮލިސް ކޮމިޝަނަރަކަށް ހުންނެވި އިސްމާއީލް ނަވީން ފުލުހުންގެ ހިދުމަތުުން ޝަރަފުވެރިކަމާއެކު ރިޓަޔަ ކުރައްވައިފި އެވެ.

އެކަމަށްޓަކައި އިސްކަންދަރު ބިލްޑިންގުގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ވެސް ބާއްވައިފަ އެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާނެވެ. އެ ރަސްމިއްޔާތުގައިި ފުލުހުންގެ އިދާރާ ހިންގުމުގެ ޒިންމާއާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ނަވީން އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ.

ނަވީން ދިވެހި ފުލުހުންގެ ހިދުމަތާ ގުޅިވަޑައިގަތީ ޖުލައި 7، 1994 ގަ އެވެ. ފުލުހުންގެ ހިދުމަތުގައި ހޭދަކުރެއްވި 32 އަހަރުގެ ތެރޭގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ތަފާތު އެކި ބަހާތަކުގައި މަސައްކަތް ކުރައްވާފައިވެ އެވެ. އެގޮތުން އޮޕަރޭޝަނަލް ދާއިރާ، ތަހުގީގީ ދާއިރާ، އެޑްމިނިސްޓްރޭޓިވް އެންޑް ސަޕޯޓް ދާއިރާގެ އެކި ބަހަތާކުގެ ވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އެވެ.

ނަވީން އަކީ މި ސަރުކާރު އައި ފަހުން ސީޕީގެ މަގާމަށް އައްޔަންކުރި ދެވަނަ ބޭފުޅާ އެވެ.