Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

އުރީދޫގެ ކަރާ ފަޅަން ރަތް ލަޝްކަރާއި ނޫ ލަޝްކަރު

މި ރޯދަމަހުވެސް އުރީދޫ އެޕް މެދުވެރިކޮށް ކަރާ ފަޅައިގެން އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު އުރީދޫ މޯލްޑިވްސް އިން ހުޅުވާލައިފި އެވެ.

މި ގޭމް ފަރުމާކޮށްފައި ވަނީ ރަހުމަތްތެރިކަމާއި ވާދަވެރިކަމާއި، ޓީމް ވޯކް އަދި ހިތްގައިމު އިނާމުތައް އެކުލެވިގެންވާ ގޮތަށް ކަމަށް އުރީދޫން ބުންޏެވެ

ކަސްޓަމަރުން އުރީދޫ ސުޕައެޕްގެ ހޯމް ސްކްރީނުން ފެންނަ ކަރާ ގޭމް ބެނާއަށް ފިއްތާލައި ކޮންމެސް އެއް ޓީމަކަށް ވަދެ (ރަތް ލަޝްކަރު ނުވަތަ ނޫ ލަޝްކަރު) ހޮވައި، ކަރާ ފަޅަން ފެށޭނެއެވެ.

ކޮންމެ ދުވަހެއްގެ ކަރާ ފެޅުމުން އެ ކަރާ ފެޅުމުގައި ބައިވެރިވާ ހުރިހާ ކުޅުންތެރިންނަށް ހަދިޔާ ލިބިގެންދާނެއެވެ.

މީގެ ތެރޭގައި އެކި ކަހަލަ ޑޭޓާ ޕެކުތައް ހިމެނޭ ކަމަށް އުރީދޫން ބުންޏެވެ މީގެ އިތުރުން ކޮންމެ ދުވަހަކު ކަރާ ފެޅުމުގައި މޮޅުވާ ލަޝްކަރުގެ އެއް ނަސީބުވެރި ކުޅުންތެރިއަކަށް ހާއްސަ އިނާމެއް ލިބިގެންދާނެއެވެ. މީގެ ތެރޭގައި ފައިސާގެ އިނާމު، ޓީވީ، ކެމެރާ، ޕީއެސް 5 އަދި ހިފާ ގެންގުޅޭ ސާމާނު ހިމެނެއެވެ.

ރޯދަ މަސް ނިމުމުން މުޅި ގޭމުން މޮޅުވާ ޓީމުގެ ނަސީބުވެރި އެއް ކުޅުންތެރިއަކަށް ޑްރޯން، ޕޮކެޓް އޮސްމޯ، އައިޕޯނު، ފޯނު، މެކްބުކް އަދި އެންމެ މަތީ ފަންތީގެ ޓެކް އެސެންޝަލް ތަކެތި ހިމެނޭ ގޮތަށް 100،000 ރުފިޔާގެ އަގުހުރި އިނާމު ބަންޑްލްއެއް ލިބޭނެ އެވެ.

އުރީދޫން ބުނި ގޮތުގައިކަރާ ފެޅުން ގޭމް އަކީ ރޯދަ ފަދަ ހާއްސަ މުނާސަބަތުތަކުގައި މުޖުތަމައު އެއްބައިވަންތަކަން ގެނެސްދޭ ޑިޖިޓަލް ތަޖުރިބާތައް ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސްއިން ކުރަމުން އަންނަ މަސައްކަތެކެވެ.