Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ރަނގަޅު ގޮތަކީ ޑޮލަރު ރޭޓް ފްލޯޓްކޮށް ދޫކޮށްލުން

ރާއްޖެ އަށް އެންމެ ރަނގަޅު ގޮތަކީ ޑޮލަރު ރޭޓް ކަނޑައަޅަން ބާޒާރުގެ އަގަށް ދޫކޮށްލުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާ ޕޯސްޓެއްގައި އެ މަނިިކުފާނު މިއަދު ވިދާޅުވީ ދިވެހި ފައިސާގެ އަގު ދަށްކޮށް، ޑޮލަރެއްގެ އަގު 20ރ. އަށް ބަދަލުކުރި ނަމަވެސް އެ ރޭޓްގައި ބޭންކުތަކުން ޑޮލަރު ނުލިބޭ ނަމަ ކަޅުބާޒާރުގައި ޑޮލަރު ގަދައަށް ހިނގާނެ ކަމަށެވެ.

އެހެންވެ ރާއްޖެއަށް ރަނގަޅު ގޮތަކީ ޑޮލަރު ގަނެވިއްކާ ރޭޓް މުޅިން ފްލޯޓްކޮށް ދޫކޮށްލުން ކަމަށާއި ޑޮލަރުގެ ހަމަ އަގަކީ ބާޒާރުގެ ތަބީއަތުން ކަނޑައެޅޭ ހަމަ އަގަށް ހެދުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ނަޝީދު ވިދާޅުވި އެވެ.

ފަހުގެ ތާރީހެއްގައި ޑޮލަރު ގަނެވިއްކާ ރަސްމީ ރޭޓަށް އެންމެ ފުރަތަމަ ބަދަލުގެނެސްފައި ވަނީ ޝީދުގެ ވެރިކަމުގައި އެޕްރީލް 2011 ގަ އެވެ. އޭރު ޑޮލަރުގެ ރަސްމީ ރޭޓް ކަމަށްވާ 12.80ރ. ވަނީ 15.42-10.28ރ. އާ ދެމެދުގެ އަގަކަށް ދޫކޮށްލައިފަ އެވެ.

ރާއްޖޭގައި މިހާރު ޑޮލަރުގެ ކަޅުބާޒާރެއް އޮތް އިރު، ޑޮލަރު 18-20ރ. އަށް ވުރެ ކުޑަކޮށް ނުލިބެ އެެވެ.