* ބޭނުންވާ ތަކެތި:
1 ޕެކެޓް ޕާސްޓާ
1 މޭޒުމަތީ ސަމުސާ ފުށް
1 ޖޯޑު ފުލް ކްރީމް ކިރު
1/2 ޖޯޑު މޮޒެރެއްލާ ޗީޒް (ގާނާފައި)
1 ދަޅު ނެސްލޭ ކްރީމް
1 ބޮނޑި ލޮނުމެދު (ކުދިކޮށް ކޮށާފައި)
1 މޭޒުމަތީ ސަމުސާ އަސޭމިރުން
250 ގްރާމް ކުކުޅު
10 ސޮސެޖު (ކޮށާފައި)
1 ދަޅު ޕީލްޑް ޓޮމާޓޯ
3 މޭޒުމަތި ސަމުސާ ބަޓަރު
ކުޑަ ތެޔޮ ފޮދެއް
ލޮނު ކޮޅެއް
1 މޭޒުމަތީ ސަމުސާ ޗިލީ ފްލޭކްސް
1 ސައި ސަމުސާ އޮރެގާނޯ ޕައުޑާ
1 ސައި ސަމުސާ ގާލިކް ޕޭސްޓް (ކުކުޅަށް)
1/2 ބެލް ޕެޕާ (ކިޔުބް ކޮށް ކޮށާފައި)
2 ޖޯޑު ގާނާފައިހުރި ޗީޒް (ޕާސްތާ މައްޗަށް އެޅުމަށް)
ތައްޔާރު ކުރާނެ ގޮތް:
ތެއްޔަކަށް ފަން އަޅާފައި އުނދުން މައްޗަށް އުދައި ފެން ގަނޑުގެ ތެރެއަށް ލޮނާއި، ތެޔޮ ފޮދެއް އަދި 1/2 ސަމުސް އޮރެގާނޯ ޕައުޑާ އެޅުމަށްފަހު ޕާސްތާ ފެނު ކައްކާށެވެ. ޕާސްޓާ މާ ބޮޑަށް މަޑުނުކުރާށެވެ.
ބޯތަށްޓެއްގައި ތެޔޮ، ލޮނު އަދި އަސޭމިރުސް އެއްކުރުމަށްފަހު ބަހައްޓާށެވެ.
ކުކުޅު ކޮޅު ކުދިކޮށް ކޮށާލުމަށް ފަހު، އޭގެ ތެރެއަށް ގާލިކް ޕޭސްޓް އަދި ކުރިން އެއްކުރި ލޮނާއި އަސޭމިރުސް އެއްކޮށްލުމަށް ފަހު ކުޑަ ތެޔޮ ފޮދެއްގެ ތެރޭގައި ފްރައިކޮށްލާށެވެ. ރަނގަޅަށް ފްރައިވުމުން އޭގެ ތެރެއަށް ސޮސެޖު އެޅުމަށްފަހު ވެސް ފްރައި ކޮށްލާށެވެ.
ދެން ވައިޓް ސޯސް ތައްޔާރު ކުރުމަށް، ތެއްޔަކަށް ބަޓަރު އަޅައި އެއަށް ލޮނުމެދާއި ޗިލީ ފްލޭކްސް އަދި ބެލްޕެޕާ އެޅުމަށް ފަހު، ލޮނުމެދަށް ކުޑަކޮށް ރަން މުށި ވަންދެން ކައްކާލާށެވެ. ދެން ފެނާއި ފުށް އެއްކޮށް ގިރުމަށްފަހު އޭގެ ތެރެއަށް އަޅާށެވެ. ޕޭސްޓު ގަނޑު ކުޑަކޮށް ތަތް ވަންދެން ހަލުވަމުން ގެންދާށެވެ.
އެއަށް ފަހު އޭގެ ތެރެއަށް ކިރާއި، އަސޭމިރުސް، ނެސްލޭ ކްރީމް ދަޅާއި، 1/2 ސައި ސަމުސާ އޮރެގާނޯ ޕައުޑަރާއި ޕީލްޑް ޓޮމާޓޯ، ޗީޒް އަދި ލޮނު އެއްކުރުމަށް ފަހު މަޑު ގިނީގައި 15 ވަރަކަށް މިނެޓު ކައްކާލާށެވެ.
އެއަށްފަ ހު ސޮސެޖާއި ކުކުޅު ކޮޅު އަޅާފައި އެއްކޮށްލުމަ ށްފަހު ޕާސްޓާ އަޅައި ރަނގަޅަށް އެއްކޮށްލާށެވެ.
ދެން ޓްރޭއަކަށް އަޅާލުމަށް ފަހު މައްޗަށް ގާނާފައި ހުރި ޗީޒް އަޅާލާށެވެ. އެއަށް ފަހު ޗީޒް ވިރެންދެން އަވަނަށްލައި ފިހެލާށެވެ.