Last Updated: June 27, 13:13
Saturday, June 27, 2026
ޚަބަރު

ކުރީގެ ސީޕީ ހުސެއިން ވަހީދު ހައްޔަރު ކުރުމަށް ކޯޓު އަމުރެއް ނެރެފި

ކުރީގެ ކަމިޝްނާ އޮފް ޕޮލިސް ހުސެއިން ވަހީދު ހައްޔަރު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރެއް ނެރެފައިވާ ކަން "އައްޑޫލައިވް"އަށް އެނގިއްޖެއެވެ.

"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހުސެއިން ވަހީދު ހައްޔަރު ކުރުމަށް އަމުރު ނެރެފައިވަނީ ރައީސް އަބްދުﷲ ޔާމީން ހައްޔަރު ކުރުމަށް ނެރުނު "ސައްހަ" ނޫން ކޯޓު އަމުރާްއި ގުޅިގެންކަމަށް ވެއެވެ.

ހުސެއިން ވަހީދު ހައްޔަރު ކުރުމަށް އަމުރެއް ނެރުނު އިރު އާދީއްތަ ދުވަހުގެ ރޭ ކުރީގެ ޕީޖީ މުހްތާޒް މުހުސިން ވަނީ ހައްޔަރުކޮށްފައެވެ.

ނަމަވެސް ކޯޓުން ފަހުން ވަނީ މުހުތާޒު ދޫކޮށްލާފައެވެ. ނަަމަވެސް ފުލުހުން ވަނީ އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައެވެ.

ތަފްސީލް އަންނަނީ…..