Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

މިއީ އެންމެ ގިނަ އަދަދަކަށް ހާފިޒުން ދަސްވެނިވާ އަހަރު

މިއީ އެންމެ ގިނަ ޢަދަދަކަށް ޙާފިޒުން ދަސްވެނިވާ އަހަރު ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ ޙާފިޒުން ދަސްވެނިވުމުގެ ޙަފްލާ އަންނަ އާދީއްތަ ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގައި އޮންނާނެ ކަމަށެވެ.

"މި އަހަރަކީ ތާރީޚީ ގޮތުން އެންމެ ގިނަ ޢަދަދަކަށް ޤުރުއާން ހިތުދަސް ފަރާތްތައް ދަސްވެނިވާ އަހަރު،" ޝަހީމް ވިދާޅުވި އެވެ.

އެންމެ ފުރަތަމަ ބޭއްވި މިފަދަ ހަފްލާގައި 24 ހާފިޒަކަށް ހާޒިފުކަމުގެ ސަނަދު އަރުވާފައިވެ އެވެ.

އިސްލާމިކް މިނިސްޓްރީގެ އަމާޒަކީ މި 5 އަހަރު ތެރޭ ހާފިޒުންގެ އަދަދު 500 އަަށް އަރުވަން މަސައްކަތްކުރުމެވެ. އަދި މިވަގުތު މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 1500 އަށް ވުރެ ގިނަ ފަރާތްތަކުން ޤުރުއާން ހިތު ދަސްކުރަމުންދާ ކަމަށާއި މިއީ ތާރީޚީ ގޮތުން ބަލާއިރު ފާހަގަކޮށްލެވޭ އަދަދެއް ކަމަށްވެސް ޝަހީމް މީގެކުރިން ވިދާޅުވެފައިވެ އެވެ.