"ރަމަޟާން އީސްޕޯޓްސް ފެސްޓިވަލް 2026" މާދަމާ ފަށަން ނިންމައިފި އެވެ.
ޔޫތު މިނިސްޓްރީ އާއި ދި އުރީދޫ މޯލްޑިވްސްއާ ގުޅިގެން ރާއްޖޭގެ ގޭމަރުންނަށް ހާއްސަކޮށްގެން ބާއްވާ މި ފެސްޓިވަލްގައި އޮންލައިން އަދި އޮފްލައިން ގޭމިން މުބާރާތްތައް އޮންނާނެ އެވެ. މީގެ ތެރޭގައި ޕަބްޖީ، އީއޭއެފްސީ، އެމްއެލްބީބީ އަދި ޓެކެން ހިމެނެއެވެ.
މި މުބާރާތްތައް ކުރިއަށް ދާނީ މާދަމާ އާއ ހޮނިހިރު ދުވަހު މާލޭގެ ޔޫތު ހަބުގައެވެ.
ކޮންމެ ގޭމަކުން 1 ވަނައަށް އަންނަ ފަރާތަށް 5،000ރ. ދެވަނަ އަށް 3،000ރ. އަދި ތިންވަނަ އަށް 2،000ރ. ލިބޭނެ އެވެ.