އެސްޓީއޯ އިން ފިޔަ އާއި އަލުވީގެ އަގުހެޔޮކޮށްފި އެވެ.
އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ މިއީ ރޯދަ މަހު އާންމުކޮށް ބޭނުންކުރާ ތަކެތީގެ އަގުތައް ކުޑަކޮށް، ރައްޔިތުންނަށް ލުއި ފަސޭހަކޮށް ދިނުމަށް އެޅި ފިޔަވަޅެއް ކަމަށެވެ. އަދިކާބޯތަކެތީގެ އަސާސީ ބާވަތްތަކުގެ އަގުތައް ކޮންޓްރޯލްކޮށް އެއް ހަމައެއްގައި ބެހެއްޓުމަށާއި، ރައްޔިތުންނަށް ދަތިކަމެއް ނެތި އެ ތަކެތި ލިބޭނެ މަގު ފަހިކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެސްޓީއޯ އިން ބުންޏެވެ.
ފިޔަ އާއި އަލުވީގެ އަގަށް ގެނައި ބަދަލާ ގުޅިގެން ކުރިން 12ރ. އަށް ވިއްކި ފިޔާ ކިލޯއެއް މިހާރު 10ރ. އަންނަނީ ވިއްކަމުންނެވެ. އަދި ފިޔާ ބަސްތާއެއްގެ އަގު 250ރ. އިން 190ރ. އަށް ވަނީ ހެޔޮކޮށްފަ އެވެ.
އަލުވީގެ އަގަށް ގެނައި ބަދަލާއެކު، ކުރިން 14ރ. ވިއްކި އަލުވި ކިލޯއެއް މިހާރު ވިއްކަނީ 12ރ. އަށެވެ. އަދި އަލުވި ބަސްތާއެއްގެ އަގު 300ރ. އިން 160ރ. އަށް ވަނީ ހެޔޮކޮށްފަ އެވެ.