Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ޑްރަގް ވިއްކާ ބަޔަކު ހުޅުމާލެ އިން ހައްޔަރުކޮށްފި

މަސްތުވާތަކެތީ ބޭނުންކޮށް، ގެންގުޅެ އަދި އެ ތަކެތި ވިއްކައި ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލެއްގައި ހުޅުމާލެއިން ދެ މީހަލު ހައްޔަރުކޮށްފި އެވެ.

ހައްޔަރުކޮށްފައި ވަނީ ލ. އިސްދޫ، އޯކިޑްމާގޭ ޢަބްދުﷲ ޢަފީފް، 40، އާއި ތ. ތިމަރަފުށި، ލަކީހައުސް، ޞަފްވާން ޢަލީ، 38، އެވެ. އެ ދެ މީހުން ހައްޔަރުކުރީ ށްފައިވަނީ ވައްކަމުގެ މައްސަލަތަކަށް އަމާޒުކޮށްގެން ރަށުތެރެ ޕެޓްރޯލު ކުރުމުގެ ތެރޭގައި ތުހުމަތު ކުރެވިގެން ހުއްޓުވައި ބަލައިފާސްކޮށް މި މަހުގެ 23 ވަނަ ދުވަހުގެ ރޭ ކަމަށް ފުލުހުން ބުންޏެވެ.

އެ މީހުން ހުއްޓުވައި ބަލައި ފާސްކުރި އި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 10 ރަބަރު ޕެކެޓާއި 30،500 އަށް ވުރެ ގިނަ ދިވެހި ރުފިޔާ އާއި 190 އަށް ވުރެ ގިނަ ޑޮލަރު ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދަށް މުއްދަތު ޖަހަން ކޯޓަށް ގެންދިއުމުން އަފީފްގެ ބަންދަށް 7 ދުވަސް އަދި ޞަފްވާންގެ ބަންދަށް 15 ދުވަސް ޖަހާފައިވެ އެވެ.