Last Updated: June 5, 11:07
Friday, June 5, 2026
ރިޕޯޓް

ބައެއް ސޫރަތްތަކުން ލިބިދޭ ފިލާވަޅު

ކީރިތި ޤުރުއާނުގެ އާޔަތްތަކާމެދު ތަދައްބުރުކުރުމުން (ފުންކޮށް ވިސްނާ ފިކުރު ކުރުމުން) ލިބިދޭ ފިލާވަޅުތަކުގެ ތެރެއިން:

ޔޫސުފް ޢަލަހިއްސަލާމް ވިދާޅުވިކަމަށް، މާތް ވަޙީކުރެއްވި އެވެ.

﴿ قَالَ ٱجۡعَلۡني عَلَىٰ خَزَآئِنِ ٱلۡأَرۡضِۖ إِنِّي حَفِيظٌ عَلِيمٌ ﴾ يوسف 55

މާނައީ: "އެކަލޭގެފާނު (ޔޫސުފްގެފާނު) ވިދާޅުވިއެވެ. މި ބިމުގެ (މިޞްރުގެ) ޚަޒާނާތަކުގެ ވެރިއަކަށް ތިމަންކަލޭގެފާނު އިސްކުރައްވާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނީ (އެ) ރައްކާތެރިކޮށް ބަލަހައްޓާ، އެއާބެހޭ ކަންކަން ރަނގަޅަށް ދަންނަ މީހަކީމެވެ."

މޫސާ ޢަލަހިއްސަލާމް އާ ބެހޭގޮތުން، މާތް ވަޙީކުރެއްވި އެވެ.

﴿ قَالَتۡ إِحۡدَىٰهُمَا يَـٰٓأَبَتِ ٱسۡتَـٔۡجِرۡهُۖ إِنَّ خَيۡرَ مَنِ ٱسۡتَـٔۡجَرۡتَ ٱلۡقَوِيُّ ٱلۡأَمِينُ ﴾ القصص 26

މާނައީ: "އެ ދެ އަންހެނުންކުރެ އެކަކު ދެންނެވިއެވެ. އޭ ބައްޕާއެވެ އޭނާ މަސައްކަތްކުރުމަށް އުޖޫރައަށް ހިއްޕަވާފައި ބަހައްޓަވާށެވެ ހަމަކަށަވަރުން، ކަލޭގެފާނު ނޯކަރެއް ކަމުގައި ބަހައްޓަވަން އެންމެރަނގަޅު މީހަކީ، ބާރުގަދަ އަމާނާތްތެރިޔެކެވެ."

މި ދެ އާޔަތުގައި މާތް ﷲ ބަޔާން ކުރައްވާފައި މި ވަނީ ވެރިއެއްގެ ކިބައިގައި ހުންނަން ޖެހޭ އެންމެ އަސާސީ ސިފަތަކެވެ.

1. ރައްކާތެރިކުރުން (ބެލެހެއްޓުން)
2. ޢިލްމުވެރިކަން
3. ޤާބިލުކަން (ވަރުގަދަކަން)
4. އަމާނާތްތެރިކަން

މި އާޔަތްތަކުން ލިބޭ މުހިންމު އެހެން ފައިދާއެއް:

މީސްތަކުންނަށް ފައިދާ އާއި މަންފާ ލިބޭނެ ކަންކަމުގައި، ތިމާގެ ކިބައިގައި ހުރި ހުނަރާއި ޤާބިލުކަން ހާމަ ކުރުމަކީ ހުއްދަ ކަމެކެވެ. އެއީ ބޮޑާކަމެއް ނުވަތަ ފަޚުރުވެރިވުމުގެ ގޮތުން ކުރާ ކަމަކަށް ނުވާ ނަމަ، އަދި އެކަމުގެ ސަބަބުން މުޖުތަމަޢަށް ހެޔޮ ބަދަލެއް އަންނާނެ ނަމަ، ފަސްޖެހުމެއް ލަދުވެތިކަ މެއް ނެތި ތިމާގެ ހުނަރުތައް ބަޔާންކޮށް ދިނުމަކީ އިސްލާމީ ރީތި އުޞޫލުތަކުގެ ތެރެއިންވާ ކަމެކެވެ.

ނޯޓް: މިއީ ޝައިހް މުހައްމަދު ޝާފިއުގެ ލިޔުމެކެވެ.