ވެމްކޯގެ މާލޭ ސައިޓުގައި ހިނގި ހާދިސާއެއްގައި އަނިޔާވި އެ ކުންފުނީގެ މުވައްޒަފަކު ވެންޓިލޭޓަރުން ނަގައިފި އެވެ.
ވެމްކޯއިން މިއަދު އަނިޔާވި މުވައްޒަފު ރޭގެ ވަގުތެއްގައި ވެންޓިލޭޓަރުން ނަގާފައިވާ ކަމަށާއި މިވަގުތު އޭނާއަށް ފަރުވާދެމުން އަންނަނީ އައިޖީއެމް ހޮސްޕިޓަލްގެ ހައި ޑިޕެންޑެންސީ ޔުނިޓް (އެޗްޑީޔޫ)ގައި ކަމަށެވެ.
އަދި އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށާއި ވެމްކޯއިން ބަލިމީހާގެ އާއިލާއާ ގުޅިގެން ހުރިހާ ކަމެއް ވެސް ބަލަހައްޓަމުންދާ ކަމަށް އެ ކުންފުނިން ބުންޏެވެ. ހަމައެހެންމެ ބޭސްފަރުވާގެ ހުރިހައި ކަމެއް ވެސް އެ ކުންފުނިން ހަމަޖައްސާނެކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.
މީގެއިތުރުން ވެމްކޯގެ މުވައްޒަފެއް ބަލިމީހާގެ ޚިދުމަތުގައި އަބަދުވެސް ހޮސްޕިޓަލްގައި ޙަރަކާތްތެރިވާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.