Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

އެފްޑީސީގެ ޗެއާޕާސަން މަގާމުން ވަކިކޮށްފި

ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ ޗެއާޕާސަންކަމުގެ މަގާމުން ނަޝްވާ ޢަބްދުﷲ ވަކިކޮށްފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނީ ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ ޗެއާޕާސަންކަމުގެ މަގާމުންނާއި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމުން ނަޝްވާ މިއަދުން ފެށިގެން ވަނީ ވަކިކޮށްފައި ކަމަށެވެ.

އޭނާ އެ މަގާމުން ވަކިކުރި ވަކި ސަބަބެއް ނުބުނެ އެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން އުފެއްދީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވަޢުދުގެ ދަށުން ރައްޔިތުންނަށް އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަގުސަދުގަ އެވެ.