Last Updated: June 5, 11:07
Friday, June 5, 2026
ރިޕޯޓް

ރޯދަ ރަހަ: ގާލިކް ބްލެކް ޕެޕާ ޗިކެން

* ބޭނުންވާ ތަކެތި:

4 ޗިކަން ތައި (ހަންގަނޑާ އެކީ)
ލޮނު
އަސޭމިރުސް
1.5 މޭޒުމަތީ ސަމުސާ ބަޓަރު
ބްލެކް ޕެޕަރ ސޯސް:
3 މޭޒުމަތީ ސަމުސާ އޮއިސްޓަ ސޯސް
2 މޭޒުމަތީ ސަމުސާ ސޯޔާ ސޯސް
0.5 މޭޒުމަތީ ސަމުސާ އަސޭމިރުސް
1.5 މޭޒުމަތީ ސަމުސާ ލޮނުމެދު (ގާނާފައި)
2 މޭޒުމަތީ ސަމުސާ މާމުއި
2.5 މޭޒުމަތީ ސަމުސާ ޓޮމާޓޯ ކެޗަޕް

* ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ ކުކުޅު މަހުގެ ދެ ފަރާތުގައި ލޮނާއި އަސޭމިރުސް ރަނގަޅަށް އުނގުޅާލާށެވެ. ދެން ތަވަޔަށް ތެޔޮ އަޅާފައި، ގިނި މެދުމިނުގައި ބަހައްޓައި ތެޔޮ ހޫނުވުމުން، ކުކުޅު މަސް އަޅާށެވެ. މަސްކޮޅުގެ ކޮންމެ ފަރާތެއްގައި 2-3 މިނެޓް ވަންދެން ނުވަތަ ހަން ރަނގަޅަށް ރަތްވެ މުރަނަވަންދެން ތެލުގައި ފްރައިކޮށްލާށެވެ. އެއަށް ފަހު ނަގާފައި ވަކިން ބަހައްޓާށެވެ.

ދެން ތަށްޓެއްގައި އަސޭމިރުސް، ލޮނުމެދު ޕޭސްޓް، އޮއިސްޓަރ ސޯސް، ސޯޔާ ސޯސް، މާމުއި އަދި ކެޗަޕް އެއްކޮށްލާށެވެ.
5. ކުރިން ބޭނުންކުރި ތަވަ އަށް، ބަޓަރު އަޅާފައި، ތައްޔާރުކުރި ސޯސް އަޅާފައި މިނެޓެއްހާ އިރު ހަލުވަމުންދާށެވެ. ގިނި ބަހައްޓަން ވަނީ މަޑުކޮށެވެ.

ދެން އެ ތަަވައިގެ ތެރެއަށް ކުކުޅު މަސް އަޅާފައި، ކޮންމެ ފަރާތެއް 3-4 މިނެޓް ވަންދެން ކައްކާށެވެ.