Last Updated: June 5, 19:20
Friday, June 5, 2026
މުނިފޫހިފިލުވުން

'ޕަރީ: ޗެޕްޓާ 2' އެޕްރީލް 6 ގައި

މި އަހަރު އޮލިމްޕަހުގައި އެޅުވި ފުރަތަމަ ފިލްމު "ޕަރީ: ޗެޕްޓާ 1" ގެ ދަވަނަ ބައި އަންނަ އެޕްރީލް މަހުގެ ތެރޭގައި ގެނެސްދޭން ނިންމައި އޭގެ ފަސްޓްލުކް ޕޯސްޓަރު ވެސް ދައްކާލައިފި އެވެ.

އަލީ ސީޒަން ޑައިރެކްޓްކޮށް، ބަތަލުގެ ރޯލު ކުޅުނު މި ބިރުވެރި ފިލްމުގެ ދެވަނަ ބައި "ޕަރީ: ޗެޕްޓާ 1" އޮލިމްޕަހުގައި ޕްރީމިއާ ކުރަން ނިންމާފައި ވަނީ އެޕްރީލް 6 ގަ އެވެ.

ހޫދު އިބްރާހިމްގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ މި ފިލްމަކީ ސްރީ ލަންކާގައި ދިރިއުޅޭ އާއިލާއަކަށް ކުރިމަތިވާ ބިރުވެރި ކަންތައްތަކެއް ދައްކުވައިދޭ ފިލްމެކެވެ. "ޕަރީ" ގެ ކާސްޓްގައި އަައިޝަތު ރިޝްމީ އާއި ޝީލާ ނަޖީބާއި ޖުމައްޔިލް ނިމާލްގެ އިތުރުން މަރިޔަމް ލަމްޝާ ކިޔާ ކުޑަ އަންހެން ކުއްޖަކު މުހިއްމު ރޯލެއްގައި ހިމެނެ އެވެ.

"ޕަރީ: ޗެޕްޓާ 1" އޮލިމްޕަހުގައި އެޅުވީ މިދިޔަ މަހުގެ 7 ގަ އެވެ. އެންމެ ފަހުން އެތަނުގައި ދެއްކި ފިލްމަކީ ޖެނުއަރީ 28 އިން މި މަހުގެ 15 އާ ހަމައަށް ދެއްކި 'ދޯދި'