Last Updated: July 25, 06:01
Saturday, July 25, 2026
ޚަބަރު

މިއަހަރުގެ އުފެއްދުންތެރިކަމުގެ މައުރަޒު އޮކްޓޯބަރުގައި

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު މިއަހަރުގެ އޮކްޓޯބަރުމަހު ބޭއްވުމަށް ނިންމައިފިއެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، (ބީސީސީ) އިން ބުނީ މި އަހަރުގެ މި މައުރަޒު ބޭއްވުމަށް ނިންމާފައި ވަނީ އޮކްޓޫބަރު 23 އިން 31އަށް ކަމަށެވެ.

ބީސީސީން ބުނީ މިއަހަރުގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ މަހު ރަސްމީކޮށް ހުޅުވާލާނެކަމަށެވެ.

މިއީ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް ވިޔަފާރި ފުޅާ ކުރުމުގެ މަޤްޞަދުގައި، ވިޔަފާރިއާއި އުފެއްދުންތެރިކަމަށް އަމާޒުކޮށް ބާއްވާ މައުޒަރެކެވެ.