Last Updated: July 25, 06:01
Saturday, July 25, 2026
ޚަބަރު

މިނިސްޓަރު ހަލީލު ސައުދީއަށް ވަޑައިގެންފި

އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ސައުދީ އަރަބިއްޔާއަށް ވަޑައިގެންފި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހަލީލް ވިދާޅުވީ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވޭނީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ އިސްތިއުމާރީ ޖަރީމާތައް އިތުރުވަމުންދާ މައްސަލައާ ބެހޭގޮތުން ކަމަށެވެ. އަދި އިޒްރޭލުން ހުޅަނގު އައްސޭރީގެ ބިންތަކަށް ވެރިވެގަތުމާއި، ޔަހޫދީ އާބާދީތައް ފުޅާކުރުމަށް ކުރާ މަސައްކަތްތަކާއި، އަދި އެ ސަރަހައްދުގެ ދަރަޖަ ބަދަލުކުރުމަށް ހިންގާ އަމަލުތަކާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާ ކުރެވޭނެ ކަމަށް ހަލީލް ވިދާޅުވި އެވެ.

ހަލީލް ވަނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށާއި، އެ ރައްޔިތުންނާއެކު ރާއްޖެއިން އަބަދުވެސް ސާބިތުކަމާ އެކު ދެމި އޮންނާނެކަން މި ބައްދަލުވުމުގައި ކަށަވަރުކޮށްދޭނެ ކަމަށްވެސް ވިދާޅުވި އެވެ.