Last Updated: June 4, 23:58
Thursday, June 4, 2026
ޚަބަރު

ގޯއްޗާއި ފްލެޓަށް އެދުމުގެ މުއްދަތު އިތުރުކޮށްފި

މި ސަރުކާރުގެ އެންމެންނަށް ބޯހިޔާވަހިކަން ސިޔާސަތުގެ ދަށުންދަށުން ދޫކުރާ ގޯއްޗާއި ފްލެޓަށް އެދުމަށް ފޯމު ހުށަހަޅަން ދިން މުއްދަތު އަންނަ އެޕްރީލް މަހުގެ 30 އާ ހަމައަށް އިތުރުކޮށްފި އެވެ.

ހައުސިން މިނިސްޓްރީންބުނީ މާލޭގައި ދިރިއުޅޭ ރައްޔިތުން ދިރިއުޅުމަށް ބިމަށް އެދި ހުށަހެޅުމުގެ މުއްދަތު 30 އެޕްރީލްގެ 12:59 އާ ހަމައަށް އިތުރުކުރުމަށް ނިންމައިފައިވާ ކަމަށެވެ. އަދި މާލޭގައި ދިރިއުޅޭ ރައްޔިތުން ފުލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު ހަމަ އެ ތާރީހުގެ އެ ސުންގަޑި އަށް އިތުރުކޮށްފައިވެ އެވެ.

ކުރިން ފޯމް ހުށަހަޅަން ދިން މުއްދަތަށް ބަލާ އިރު، ގޯއްޗަށް އެދި ހުށަހެޅޭނީ އަންނަ މަހުގެ 4 އާ ހަމައަށެށެވެ. އަދި ފްލެޓަށް އެދި ހުށަހެޅޭނީ އެޕްރީލް މަހުގެ 17 އާ ހަމައަށެވެ.

ބޯހިޔާވަހިކަން އެންމެނަށް ސިޔާސަތުގެ ދަށުން މިހާތަނަށް 5،000 އަށް ވުރެ ގިނަ ފޯމު ހުށައަޅާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވެ އެވެ. އެގޮތުން ގޯއްޗަށް އެދި 1،630 އަށް ވުރެ ގިނަ އެޕްލިކޭޝަަން ހުށަހަޅާފައިވާ އިރު، ފްލެޓަށް އެދި 3،430 އަށް ވުރެ ގިނަ އެޕްލިކޭޝަން ހުށަހަޅާފައިވެ އެވެ.

މިދިޔަ މަހުގެ 18 ގައި ހުޅުވާލި "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމްގެ ދަށުން 7،900 ފްލެޓާއި 1،250 އަކަފޫޓުގެ ޖުމްލަ 15،000 ގޯތި ދޫކުރަން ނިންމާފައިވެ އެވެ.

ގޯއްޗާއި ފްލެޓަށް ހުޅުވާލީ މިދިޔަ މަހުގެ 18 ގަ އެވެ.