Last Updated: June 5, 19:20
Friday, June 5, 2026
މުނިފޫހިފިލުވުން

'ދޯ އޯރް ދޯ ޕާންޗް' ގެ ރިމޭކެއް ހަދަނީ

މީގެ 45 އަހަރު ކުރިން ރިލީޒްކުރި ބޮލީވުޑްގެ އެކްޝަން ކޮމެޑީ 'ދޯ އޯރް ދޯ ޕާންޗް' ގެ ރިމޭކެއް ހަދަން ނިންމައިފ އެވެ.

ސަޗިން ބޯމިކް ޑައިރެކްޓްކޮށް، އަމީތާބް ބައްޗަނާއި ޝަޝީ ކަޕޫރްގެ އިތުރުން ހެމާ މާލިނީ އާއި ޕަރްވީން ބާބީ މައިގަނޑު ރޯލުތައް ކުޅުނު ފިލްމުގެ ރިމޭކެއް ހަދަން އުޅެނީ ޕްރޮޑިއުސަރު ދީޕަކް މުކްތެވެ، އޭނަ ބުނީ 'ދޯ އޯރް ދޯ ޕާންޗް' ގެ ރައިޓްސް އޭނަގެ އަތުގައި އޮންނަތާ 10 އަހަރުވެފައިވާ ކަމަށާއި އެ ފިލްމު އަލުން ހެދުމަކީ ވަރަށް ބޭނުންވާ ކަމެއް ކަމަށެވެ.

އެގޮތުން އެ ފިލްމު ހަދަން ބޭނުން ވަނީ އަމީތާބްގެ ދަރިފުޅު އަބީޝެކް ބައްޗަނާއި ބޮބީ ޑިއޯލް ބަތަލުންގެ ރޯލަށް ލައިގެން ކަމަށް ދީޕަކް ބުންޏެވެ.

ނަމަވެސް 'ދޯ އޯރް ދޯ ޕާންޗް' ގެ ރިމޭކް ޑައިރެކްޓްކުރާނެ މީހަކާއި އޭގެ މަސައްކަތް ފަށާނެ އިރެއް އޭނަ ހާމައެއް ނުކުރެ އެވެ.

މީގެ ރިމޭކެއް ހެދުމުގެ ވާހަކަ ދެކެވެން މި ފެށީ މިހާރު މަސައްކަތް ކުރިއަށްދާ ޑައިރެކްޓަރު ރޯހިތު ޝެޓީގެ 'ގޯލްމާލް' ފްރެންޗައިޒްގެ ފަސް ވަނަ ފިލްމަކީ ދޯ އޯރް ދޯ ޕާންޗް އަށް ބިނާކޮށް ހަދާ ފިލްމެއް ކަމަށް އަޑު އަރާފައި ވަނިކޮށެވެ. ނަމަވެސް އެކަން ދޮގުކޮށް ރޯހިތުގެ ޓީމުން ވަނީ ސައްހަ ނޫން ވާހަކަތަކެއް އޭނަގެ ފިލްމާ ބެހޭ ގޮތުން މީޑިއާތަކުގައި ނުފެތުރުމަށް އެދިފަ އެވެ.