Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

އިހުސާންގެ އަނބިކަނބަލުންގެ ވީޑިއޯއެއް ނެގި ކަމުގެ ތުހުމަތު

Screenshot

ހޯމް މިނިސްޓަރު އަލީ އިހުސާންގެ އަނބިކަނބަލުންނާއި އަންހެން ދަރިފުޅުގެ ވީޑިއޯއެއް، ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު ނެގި ކަމަށް ތުހުމަތުކުރައްވައިފި އެވެ.

އިހުސާން ރޭ ކުރެއްވި ޕޯސްޓުގައި ވަނީ، އިއްޔެ ހަވީރު އިބްރާހިމް ވަހީދާއި އަކްރަމް, އޭނާގެ އަނބިކަނބަލުންނާއި ދިހަ އަހަރުގެ ދަރިފުޅު މަގުމަތިން ދަނިކޮށް ވީޑިއޯކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ. އެ ޕޯސްޓުގައި ވަނީ އަކުރަމާއި އިބްރާހިމް ވަހީދު މަގުމަތީގައި ތިބެ، ފޯނުން ފޮޓޯއެއް/ ވީޑިއޯއެއް ކުރާ މަންޒަރު ފެންނަ ސީސީޓީވީ ފޫޓޭޖެއް ވެސް އާންމުކޮށްފަ އެވެ.

އެ ފޫޓޭޖުން ފެންނަ ގޮތުން، މި ވީޑިއޯ ކޮށްފައިވަނީ އިބްރާހިމް ވަހީދެވެ. އަދި އޭނާ އެ ވީޑިއޯ ކުރީ އަކުރަމް އޭނާ އަތަށް ދޭ ފޯނަކުންނެވެ.

އިހުސާން ވަނީ މިއީ، ޑިމޮކްރެސީއާއި އަންހެނުންނާއި ކުޑަކުދިންގެ ހައްގުތަކުގެ ހިމާޔަތުގައި ވަކާލާތުކުރާ މީހުން ވެއްޓިފައިވާ ދަށު ދަރަޖަ ކަމަށާއި އެމްޑީޕީއަކީ، ޒަމާނުއްސުރެ، މުޖުތަމައު ބައިބައިކުރުމާ، މިފަދަ ދަށު ދަރަޖައިގެ ސިޔާސީ ޢަމަލުތައް ހިންގާ ޕާޓީއެއް ކަމަށް ވިދާޅުވެފަ އެވެ.

މިކަމާ ގުޅިގެން މިހާތަނަށް އަކްރަމާއި އިބްރާހިމް ވަހީދު އެއްޗެއް ބުނެފައެއް ނުވެ އެވެ.