Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

އަންނަ މަހު ރާއްޖެއަށް ފިނިހޫނުމިން މަތިވާނެ

އަންނަ މާރިޗު މަހު މުޅި ރާއްޖޭގައިވެސް ފިނިހޫނުމިން އެންމެ މައްޗަށް ދާނެ މިންވަރާއި، ދަށަށް ދާނެ މިންވަރުވެސް، އާންމު މިންވަރަށްވުރެ ކުޑަތަންކޮޅެއް މަތިވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) ލަފާކޮށްފި އެވެ.

މެޓު އޮފީހުން ބުނީ، އަންނަ މަހު ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ވާރޭވެހޭނެ ކަމަށް ލަފާކުރެވެނީ ޢާންމުކޮށް ވާރޭވެހޭ މިންވަރަށް ނުވަތަ އެއަށްވުރެ މަދުން ކަމަށާއި އަދި މެދުރާއްޖެތެރެ އާއި ދެކުނުގެ އަތޮޅުތަކަށްވެސް ވާރޭވެހޭނެ ކަމަށް ބެލެވެނީ، ޢާންމުކޮށް ވާރޭވެހޭ މިންވަރަށްވުރެ މަދުން ކަމަށެވެ.

މީގެއިތުރުން މާރިޗު މަހު މުޅި ރާއްޖޭގައިވެސް ފިނިހޫނުމިން އެންމެ މައްޗަށް ދާނެ މިންވަރާއި އެންމެ ދަށަށްދާނެ މިންވަރުވެސް ޢާންމު މިންވަރަށްވުރެ ކުޑަތަންކޮޅެއް މަތިވާނެ ކަމަށް މެޓު އޮފީހުން ލަފާކުރެ އެވެ.