ރައްޔިތުންނަށް ފާރަލައި ކޮންޓްރޯލް ކުރުމަށް ބޭނުންކުރާ މި ސަރުކާރާ ދެކޮޅަށް ހިޔާލުތަފާތުންތަކާ އެކު ވެސް އެކަތިގަނޑަކަށްވާންވެއްޖެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން، ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
އޭނަ އެގޮތަށް ވިދާޅުވީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން އަނބިކަނބަލުންނާއި އަންހެން ދަރިފުޅުގެ ވީޑިއޯއެއް މަގުމަތިން ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު ނަގާފައިވާ ކަމަށް ވިދާޅުވެ އެކަން ސޯޝަލް މީޑިއާގައ ހިއްސާކުރެއްވުމާ ގުޅިގެންނެވެ.
އެ ޕޯސްޓްގައި އިހުސާން ވިދާޅުވެފައި ވަނީ މިއީ، ޑިމޮކްރެސީއާއި އަންހެނުންނާއި ކުޑަކުދިންގެ ހައްގުތަކުގެ ހިމާޔަތުގައި ވަކާލާތުކުރާ މީހުން ވެއްޓިފައިވާ ދަށު ދަރަޖަ ކަމަށެވެ.އ ަދި އެމްޑީޕީއަކީ، ޒަމާނުއްސުރެ، މުޖުތަމައު ބައިބައިކުރުމާއި މިފަދަ ދަށު ދަރަޖައިގެ ސިޔާސީ ޢަމަލުތައް ހިންގާ ޕާޓީއެއް ކަމަށް ވެސް ވިދާޅުވި އެވެ.
އިހްސާންގެ އެ ވާހަތަކުގެ ރައްދުގައި ފައްޔާޒް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންނަށް ފާރަލުމަށް ދައުލަތުގެ ވަސީލަތްތައް ބޭނުން ކުރުމަށް ފަހު، އެއީ ކިހާ ސީރިއަސް އަދި މުޑުދާރު ކަމެއްކަން ނޭނގި ހުންނަވައި އިހުސާން ސޯޝަލް މީޑިއާގައި އެ ވާހަކަ ހިއްސާކުރެއްވިކަން ގަބޫލު ވެސް ކުރައްވަން ދަތި ކަމަށެވެ.
This fascist, hypocritical sanctimonious government is rapidly forcing this state into a dictatorship, and a deeply incompetent one at that, without values or laws. The Home Minister’s use of state resources to spy on citizens —and declaring this publicly— without even… https://t.co/0zUyWlvWnu
— Fayyaz Ismail (@faya_i) February 27, 2026
އަދި ރާއްޖެ މިއަދު މިސްރާބު ޖަހާފައި ހުރީ ވަރަށް ނުރައްކާތެރި، ބިރުވެރި ދިމާލަކަށް ކަމަށާއި، ސަރުކާރަށް ލިބޭ ކޮންމެ މައުލޫމާތެއް، ކޮންމެ ކެމެރާއެއް ވެސް ބޭނުން ކުރަމުން ދަނީ ރައްޔިތުން ކޮންޓްރޯލްކޮށް ވޯޓު ވަގަށް ނެގުމަށް ކަމަށް އެ ފައްޔާޒް ވިސާޅުވެފައިވެ އެވެ.
އޭނަ ވިދާޅުވީ އިންސާފާއި އަމިއްލަ މިނިވަންކަމާއި މި ގައުމުގެ މުސްތަގުބަލާ މެދު ކަންބޮޑުވާ ކޮންމެ މީހަކު ހިޔާލުތަފާތުވުންތަކާއެކު ވެސް، މިހާރު އެކަތިގަނޑަކަށް ވާންޖެހޭ ކަމަށެވެ.
ފައްޔާޒް ވިދާޅުވީ ސިޔާސީ ފިކުރުގެ މީހުންނާއި އެ ނޫން މީހުންނާއި މާޔޫސްވެފައި ތިބި މީހުންނާއި އުއްމީދުގައި ތިބި މީހުން، މިހާރުން މިހާރަށް މި ސަރުކާރާ ދެކޮޅަށް ތެދުވެ، މި ވެރިކަމުގެ ސިފައަކަށްވެފައިވާ ފަނާކުރުމުގެ ވިސްނުން ހުއްޓުވަން ޖެހޭ ކަމަށެވެ. އަދި ދިވެހިން މި މޮޔަ ވެރިކަމަކަށް ނޫނެކޭ ބުނަން ޖެހޭ ކަމަށެވެ.