އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް ސަރަހައްދުގައި އޮންނަ އާރި ކުޅީގައި މިއަދު ރޯވެއްހެ އެވެ.
އެމްއެންޑީއެފުން ބުނީ އެ ހާދިސާގެ މަޢުލޫމާތު މިއަދު މެންދުރު ފަހު 1:00 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަށް ލިބުމާ އެކު، އެ ކޮމާންޑްގެ ހިތަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައިވާ ކަމަށެވެ.
އެގޮތުން އަލިފާންގަނޑު ނިއްވައިލެވުނީ މިއަދު ހަވީރު 3:30 އެހާކަށްހާއިރު އެވެ.

މީގެ ކުރިން ވެސް އެކި ފަހަރު މަތިން އާރި ކުޅީގައ ރޯވެފައިވެ އެވެ. މިއަދު އެތަނުގައި ރޯވި އިރު، މި ދުވަސްވަރު އައްޑޫގެ ބައެއް އަވަށްތަކުގެ އެކު ސަރަހައްދުގައި ރޯވުމުގެ ހާދިސާތައް ދަނީ ހިނގަމުންނެވެ.