Last Updated: June 5, 11:07
Friday, June 5, 2026
ރިޕޯޓް

ރޯދަ ރަހަ: ކޮފީ ކޭކް

* ބޭނުންވާ ތަކެތި:

1 ޖޯޑު އަންސޯލްޓެޑް ބަޓަރު (ދިޔާކޮށްފައި)
4 ޖޯޑު މުގުރާފައި ހުރި ހަކުރު
1/4 ޖޯޑު ބުރޫޑް ކޮފީ (ފިނި ކޮށްފައި)
2 މޭޒުމަތީ ސަމުސާ ކޮކޯ ޕައުޑާ
1 ސައިސަމުސާ ވެނީލާ އެސެންސް
1 ސަމުސާ ބޭކިން ސޮޑާ
ތެޔޮ

* ތައްޔާރު ކުރާނެ ގޮތް:

ބޮޑު ތައްޓެއްގެ ތެރޭގައި، ހަކުރު، ފުށް، ކޮކޯ ފައުޑަ، ބޭކިން ޕައުޑަ، ބޭކިން ސޮޑާ، އަދި ލޮނު އެއްކޮށްލާށެވެ. ދެން ބިސް، ކޮފީ، ތެޔޮ، ވެނިލާ އެސެންސް ފުށް މިކްސްޗަރ އަށް އެޅުމަށް ފަހު، ރަނގަޅަށް މިކްސް ކޮށްލާށެވެ.

އެއަށް ފަހު ދެ ޓްރޭގައި ބަޓަރު އުނގުޅާލުމަށް ފަހު ކޭކު މިކްސް އެއްވަރަށް ބަހާލައި، ޓްރޭތަލުގައި ފަތުރައިލާށެވެ. ދެން އަވަނަށް ލައި 175 ޑިގްރީ ސެލްސިއަސްގައި ގާތްގަނޑަކަށް 30-35 މިނެޓްވަންދެން ފިހެލާނީ އެވެ.

ފްރޮސްޓިން ހެދުމަށް ތައްޓަކަށް ބަޓަރ އެޅުމަށްފަހު، ހޭންޑް މިކްސްސަރަކުން، ބަޓަ ކްރީމީ ވާންދެން މިކްސްކޮށްލާށެވެ. ދެން މަޑު މަޑުން ހަކުރު، ކޮފީ އަދި ކޮކޯ ޕައުޑަރ އަޅަމުން އެއްކުރަމުންދާށެވެ. ފްރޮސްޓިން އެއްކޮށް ސްމޫތުވުމުން ވެނިލާ އެސެންސް އަޅާލުމަށް ފަހު އެކުލަވާލާށެވެ.

ދެން ފިހުނު ކޭކު އެއްކޮށް ހިހޫވުމުން އެއް ކޭކުގެ މަތީގައި ފްރޮސްޓިން އުނގުޅާލުމަށްފަހު، އޭގެ މަތީގައި އަނެއް ކޭކު ބާއްވާށެވެ. މަތީބޭއްވި ކޭކުގެ މަތީ ގަޔާއި އަރިމަތީގައުވެސް ފްރޮސްޓިން ރަނގަޅަށް އުނގުޅައިލާނީ އެވެ.