އަމިއްލަވަންތަ މިނިވަން ގައުމެއްގެ ގޮތުގައި، އަންނަން އޮތް ޒަމާންތަކުގައި ދެމި ތިބުމަށް އޮތް އެންމެ އާރުލާ އެއް ސަބަބަކީ ދިވެހި ތާރީހު ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ ގައުމީ ތާރީހުގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ރައީސްގެ ޕޯސްޓުގައި، މާޒީގެ ވާހަކަތަކުގެ ޖުމްލަތަކާއި ތަސްވީރުތަކާއި ގަދީމީ އާސާރުތަކުން އެތައް ވާހަކަތަކާއި އިބްރަތްތަކާއި ހިކްމަތްތައް ލިިބިގެންދާ ކަމަށް ވިދާޅުވެފައިވެ އެވެ. އަދި ދިވެހިން މި ފަހުރުވެރި ގައުމުގައި އުޅޭތާ އެތަކެއް ސަތޭކަ އަހަރު ވެފައިވާ ކަން ތާރީހުން ހެކިދޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި އަންނަން އޮތް ޖީލުތަކަށް މިނިވަން، އަމިއްލަވަންތަ ގައުމެއްގެ ގޮތުގައި އޮތުމަށް އޮތް އެންމެ ބޮޑު ސަބަބަކީ ދިވެހި ތާރީހު ކަަަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.