ނުކުރާ ކަމެއްގެ ތުހުމަތު އަޅުވާފައިވާތީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާނަށް ދައުވާ ކުރާނެ ކަމަށް އިބްރާހީމާއި އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ އަށް ނިސްބަތްވާ އެ ދެ މީހުންގެ މައްޗަށް މިނިސްޓަރު ކުރެއްވީ އޭނަގެ އަނބިކަނބަލުން ކުދިންތަކެއް ގޮވައިގެން މަގުމަތިން ދަނިކޮށް ވީޑިއޯ ކުރުމުގެ ތުހުމަތެވެ. އިހުސާން ވިދާޅުވެފައި ވަނީ މިއީ، ޑިމޮކްރެސީއާއި އަންހެނުންނާއި ކުޑަކުދިންގެ ހައްގުތަކުގެ ހިމާޔަތުގައި ވަކާލާތުކުރާ މީހުން ވެއްޓިފައިވާ ދަށު ދަރަޖަ ކަމަށެވެ. އަދި އެމްޑީޕީ އަކީ، ޒަމާނުއްސުރެ، މުޖުތަމައު ބައިބައިކުރުމާއި މިފަދަ ދަށު ދަރަޖައިގެ ސިޔާސީ ޢަމަލުތައް ހިންގާ ޕާޓީއެއް ކަމަށް ވެސް ވިދާޅުވި އެވެ.
މިކަމާ ގުޅިގެން ވަހީދާއި އަކްރަމް މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ ވިދާޅުވީ އިހުސާން އެ ވިދާޅުވާ ފަދަ ވީޑިއޯއެއް ނުކުރާ ކަމަށާއި އެއީ ހަގީގަތެއް ނެތް ބުހުތާނު ދޮގެއް ކަމަށް ކަމަށެވެ.
އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ވަހީދު ވިދާޅުވެފައި ވަނީ ނުކުރާ ކަމެއް ބޮލުގައި އެޅުވުމުގެ އިތުރުން، އެކަން ފުލުހަށް ހުށަހަޅައިގެން ބެލުމުގެ ބަދަލުގައި މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ހިފައި، ސޯޝަލް މީޑިއާގައި ސީސީޓީވީ ފުޓޭޖެއް އާއްމުކުރުމަކީ ވެސް މައްސަލައެއް ކަމަށެވެ.
ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ވެސް ވިދާޅުވެފައި ވަނީ އަބުރުގެ ދައުވާ ކުރުމުގެ އިތުރުން، މައްސަލަ ފުލުހަށް ވެސް ހުށަހަޅާނެ ކަމަށެވެ.