Last Updated: June 4, 23:58
Thursday, June 4, 2026
ޚަބަރު

ވިލުފުށީ އެއާޕޯޓަށް ބިން ހިއްކައި ނިމެނީ

ތ. ވިލުފުށީ އެއާޕޯޓް ތަރައްގީ ކުރަން ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އަންނަ ހަފުތާގައި ނިމޭނެ ކަމަށްމޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.

ވިލުފުށީ ބިން ހިއްކުމުގެ މަޝްރޫޢު އިފްތިތާޙުކޮށްފައި ވަނީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. އެގޮތުން ޑްރެޖަރު ގެންގޮސް، ބިން ހިއްކުމުގެ މަސައްކަތް ފެށީ ނޮވެންބަރު 14 ގަ އެވެ.

މި މަޝްރޫޢުގެ ދަށުން ޖުމްލަ 81 ހެކްޓަރުގެ ބިން ހިއްކަން ހަމަޖެހިފައިވެ އެވެ. އެމްއޭސީއެލުން ބުނީ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމަށް ވެލި އެޅުމުގެ ހުރިހާ މަސައްކަތްތައް ކުރިއަށް އޮތް ހަފުތާގައި ނިންމާނެ ކަމަށެވެ.

ބިން ހިއްކާނީ ކެޕޭސީޓީގައި 11،300 ކިއުބިކް މީޓަރ ހުރި ފިލިއްޕޯ ބްރޫނެލްޝީ ނަމަކަށް ކިޔާ ޑްރެޖަރަކުންނެވެ.

ވިލުފުށީގައި ތަރައްގީ ކުރަން ހަމަޖެހިފައިވާ އެއާޕޯޓަކީ 1800 މީޓަރުގެ ރަންވޭއަކާއެކު ހަދާ އެއާޕޯޓެކެވެ. މިމަޝްރޫޢުގެ މަސައްކަތް ދެ އަހަރާއި ހަ މަސް ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.

އިރު މަޝްރޫޢުގެ ދަށުން ރަންވޭއާއި ޓަމިނަލް ބިލްޑިން ފަޔަރ ބިލްޑިން އަދި އެނޫންވެސް އެއަރޕޯޓަކަށް ބޭނުންވާ ހުރިހާ ވަސީލަތެއް ފުރިހަމަކޮށް ޤާއިމްކުރާނެއެވެ.