Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ކެންޑިޑޭޓުންގެ މަންދޫބުންނަށް ވާން ހުޅުވާލައިފި

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ މަންދޫބުންނަށް ވާން ބޭނުންނާ މީހުުންނަށް އެ ފުރުޞަތު ހުޅުވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ އިންތިޚާބުގެ ވޯޓު ނެގުމާއި ވޯޓުގުނުމުގެ ކަންތައްތައް ހިނގާ ނުހިނގާ ގޮތް ބެލުމަށް، ކޮންމެ މަރުކަޒަކަށް އެއް މަންދޫބަކު އައްޔަން ކުރުމުގެ ފުރުޞަތު ކޮންމެ ކެންޑިޑޭޓަކަށް ވެސް އޮންނާނެ ކަމަށެވެ.

މި މަންދޫބުންގެ މައިގަނޑު މަސްއޫލިއްޔަތަކީ އެ ކެންޑިޑޭޓެއްގެ މަސްލަހަތު ހިމެނޭ މަރުކަޒުތަކުގައި އިންތިޚާބުގެ ކަންކަން ދެފުށް ފެންނަ ގޮތަށް ކުރިއަށްދާކަން ކަށަވަރު ކުރުމެވެ. މަންދޫބުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުޠުތަކުގެ ތެރޭގައި 18 ޖިނާޢީ ކުށެއްގެ ޙުކުމް ތަންފީޒު ކުރަމުންދާ މީހަކަށް ނުވުމާއި ފާއިތުވި 5 އަހަރު ދުވަހުގެ ތެރޭގައި ސުލޫކީ މިންގަނޑާ ޚިލާފުވެގެން ފިޔަވަޅެއް އަޅާފައިވާ މީހަކަށް ނުވުމުގެ އިތުރަށް އިންތިޚާބީ ކުށެއް ސާބިތުވެފައިވާ މީހަކަށް ނުވުން ހިމެނެ އެވެ.

އީސީން ބުނީ ކެންޑިޑޭޓުންގެ މަންދޫބަކަށް ވުމަށް އެދޭ ފަރާތްތަކުގެ ފޯމު ހުށަހަޅަންޖެހޭނީ އެ ކޮމިޝަނުގެ މައި ޕޯޓަލް my.elections.gov.mv މެދުވެރިކޮށް ކަމަށެވެ. އަދި އެ މަސައްކަތް ކުރިއަށް ގެންދާނީ އިންތިޚާބަށް ކުރިމަތިލި ކެންޑިޑޭޓުންގެ ނަން ތަރުތީބުކޮށް، ފޯމު ހުށަހެޅުމުގެ އެކްސެސް ދިނުމުން ކެންޑިޑޭޓުން އަމިއްލައަށެވެ.

ކެންޑިޑޭޓުންގެ ންދޫބުންނަށް ވުމަށް އެދޭ މީހުންގެ ފޯމު ބަލައިގަންނާނީ މިއަދުން ފެށިގެން އަންނަ މަހުގެ 7 ގެ މެންދުރު ފަހު 1:00 އާ ހަމައަށެވެ. އިތުރު މަޢުލޫމާތު އީސީގެ މި ނަމްބަރުތަކުން 3004432 ނުވަތަ 3004433 ހޯދޭނެ އެވެ.

އިންތިހާބު އޮންނާނީ އެޕްރީލް 4 ގަ އެވެ.