Last Updated: June 5, 19:20
Friday, June 5, 2026
ދުނިޔެ

އިޒްރޭލާއި އެމެރިކާ ގުޅިގެން އިރާނަށް ހަމަލާ ދެނީ

ޔަހޫދީންނަށް ވާގިދޭ އެމެރިކާ އާއި އިޒްރޭލް ގުޅިގެން އިރާނަށް ހަމަލާތައް ދޭން ފަށައިފި އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިހާތަނަށް އިރާންގެ ފަސް ސިޓީއަކަށް އެމެރިކާ އާއި އިޒްރޭލުން ހަމަލާތަކެއް ދީފައިވާ ކަމަށެވެ. ހަމަލާތައް އަމާޒުކޮށްފައި ވަނީ އީރާންގެ ވެރިންނާއި އަސްކަރީ ތަންތަނަށެވެ.

މި ހަމަލާތަކުގައި އިރާނުގެ އެއްވެސް އޮފިޝަލަކަށް އަނިޔާވިކަމުގެ މައުލޫމާތެއް އަދި ނުލިބެ އެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ހަމަލާތައް މައިގަނޑު ގޮތެއްގައި ދީފައި ވަނީ ވެރިރަށް ތެހެރާންގައި ރައީސް އޮފީހާއި ގައުމީ ސަލާމަތީ ކަންކަމާ ބެހޭ އޮފީސްތައް ހުންނަ ޕާސްޗަ ސްޓްރީޓާއި ސުޕްރީމް ލީޑަރުގެ ކޮމްޕައުންޑާއި އެސެމްބްލީ އޮފް އެކްސްޕާޓްސް ސަރަހައްދަށެވެ.

މީޑިއާތަކުން ބުނެފައވާ ގޮތުގައި ތެހެރާނުން އިވުނު ގަދަ އަޑުފައްގަނޑުތަކަކަށް ފަހު، ދެ ދިމާއަލުން ގަދަ އަސް ބޯ ދުން އަރަމުންދާ ފެނެ އެވެ. އަދި ހަމަލާތަކެއް ދިންތާ އިރުކޮޅެެއް ފަހުން، އީރާންގެ ނިއުކްލިއާ މަރުކަޒެއް ހުންނަ އިސްފަހާނާއި އެހެން ބައެއް ތަންތަނުން ވެސް ގޮވުންތަކުގެ އަޑު އިވިފައިވާ ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ.

މި ހަމަލާތަލާ ގުޅިގެން އީރާނުން މިހާރު ވަނީ އެ ގައުމުގެ ވައިގެ ސަރަހައްދު މަދަނީ އުދުހުންޔަކަ ބަންދުކޮށްފަ އެވެ. އަދި އެ ގައުމުން ވެސް މިހާރު ވަނީ ރައްދު ހަމަލާތަކެއް ދޭން ފަށައިފަ އެވެ.