Last Updated: June 4, 23:58
Thursday, June 4, 2026
ޚަބަރު

އުރީދޫގެ "ކަރާ މޯމަންޓް" ގައި އަވަހަށް ބައިވެރިވޭ

މި ރޯދަ މަހަށް ހާއްސަކޮށްގެން އުރީދޫން "ކަރާ މޯމެންޓް" ގެ ނަމުގައި ކަރާއާ ގުޅޭ ފޮޓޯ ނުވަތަ ވީޑިއޯ ސޯޝަލް މީޑިއާގައި ހިއްސާކޮށްގެން އިނާމު ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މި ހަރަކާތުގައި ކަރާއާ ގުޅުންހުރި ފޮޓޯ ނުވަތަ ވީޑިއޯ ސޯޝަލް މީޑިއާގައި ހިއްސާކޮށްގެން ކޮންމެ ހަފުތާއަކު ހޮވޭ ނަސީބުވެރިންނަށް އަގުހުރި އިނާމުތަކެއް ލިބޭނެ އެވެ.

އުރީދޫން ބުނީމި ކެމްޕޭނުގައި ކަރާއާ ގުޅޭ ކޮންމެ ކަމެއްވެސް ހިއްސާ ކުރެވިދާނެ އެވެ. އޭގެ ތެރޭގައި ކަރާ ތީމްގެ ފޯނު ކަވަރެއް، ގޭގައި ކަރާ ކާން ތިބޭ ވަގުތު ނުވަތަ އުރީދޫ ކަރާ ފެޅުން ގޭމް ކުޅޭ މަންޒަރު ހިމެނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މީ ބައިވެރިވާން ކަރާއާ ގުޅުންހުރި ފޮޓޯ ނުވަތަ ވީޑިއޯ OoredooKaraaMoments# ހޭޝްޓެގް ބޭނުންކޮށްގެން ސޯޝަލް މީޑިއާގައި ޕޯސްޓް ކުރަންޖެހެ އެވެ. އަދި ކޮންމެ ހަފުތާއަކު ހޮވޭ ނަސީބުވެރިންނަށް ސޯސަން ފިހާރައިގެ ގިފްޓް ޕެކްތަކެއް ލިބިގެންދާނެ ކަމަށް އުރީދޫން ބުންޏެވެ

ފުރަތަމަ ހަފްތާގެ ގުރުއަތުގައި ބައިވެރިވުމަށް މިރޭ 11:59 ގެ ކުރިން ޕޯސްޓް ކުރަން ޖެހެ އެވެ.

މި ކެމްޕޭނަކީ ރަމަޟާން މަހަށް ހާއްސަކޮށްގެން އުރީދޫން ކުރިއަ ށްގެންދާ ހަރަކާތްތަކުގެ ތެރެއިން، ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް މުޖުތަމައުގެ މެދުގައި ގުޅުން ބަދަހިކޮށް، އުފާވެރިކަން ފެތުރުމަށް ކުރިއަށް ގެންދާ ހަރަކާތެކެވެ. އެހެންވެ މީގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވެ އުފެއްދުންތެރި ކަރާ މޯމަންޓްތައް ހިއްސާކޮށް އިނާމު ހޯދަން އުރީދޫން އެދެ އެވެ.