* ބޭނުންވާ ތަކެތި:
2 ޖޯޑު ބޯންލެސް ކުކުޅު (ކުދިކޮށް ކޮށާފައި)
1 ދަޅު މަޝްރޫމް (ކުދިކޮށް ކޮށާފައި)
10 ބޮޑު ލޮނުމެދު (ކުދިކޮށް ކޮށާފައި)
10 ހިކިމިރުސް (ނޫނީ ބޭނުން ވަރަކަށް)
ސްޕެގެޓީ ބޮނޑިއެއް
2 ސައިސަމުސާ ލޮނު (ސްޕެގެޓީ ކައްކަން)
1/2 ޖޯޑު އޮލިވް އޮއިލް
1 ނޫޑްލްސް ސޫޕް ޕެކެޓް
ހިކަނދި ފަތް
ފެން
1/2 ސައި ސަމުސާ އަސޭމިރުސް
2 ޓޮމާޓޯ (ކިޔުބްކޮށް ކޮށާފައި)
ތެޔޮ (ކުކުޅު ކޮޅު ތެލުލަން)
* ތައްޔާރު ކުރާނެ ގޮތް:
ލޮނުކޮޅަކާއި އަސޭމިރުސް ލައިގެން ކުކުޅު މަސްކޮޅު 5 މިނެޓް ވަރު ވަންދެން މެރިނޭޓްކޮށްލާށެވެ. ދެން ތެޔޮ ފޮދުގެ ތެރޭގައި ތެލުލާލާށެވެ.
އެއަށް ފަހު، ފެނާއި، ލޮނާއި، ކުޑަ ތެޔޮ ފޮދެއް އަޅައިގެން ފެން އެތި ކައްކާލާށެވ. ފެން ކެކެން ފެށުމުން ސްޕެގެޓީ ކޮޅު އަޅާލައިގެން ސްޕެގެޓީ މަޑު ވަންދެން ކައްކާލާށެވެ.
ބޮޑު ތެއްޔަކަށް އޮލިވް އޮއިލްކޮޅު އަޅާ ހޫނު ކުރާށެވެ. ތެޔޮ ހޫނު ވީމައި ލޮނުމެދުކޮޅު އަޅާށެވެ. ލޮނުމެދުކޮޅަށް ރަންކުލަ އަރައި ކުޑަކޮށް މުރަނަ ވަންދެން މެދު ގިނީގައި ކައްކާށެވެ. ދެން ޓޮމާޓޯ އާއި، މަޝްރޫމާއި، ހިކަނދިފަތާއި ހިކިމިރުސް އަޅާފައި 2-3 މިނިޓުވަންދެން އަނެއްކާވެސް ކައްކާލާށެވެ.
ކައްކަމުން ދާއިރު ގެންދަންވާނީ ހުރިހާ އެއްޗެއް އެއްކުރަމުންނެވެ.
ދެން، ތެލުލާފައި ހުރި ކުކުޅުކޮޅާއި ނޫޑްލްސް ސޫޕް ކޮޅު އެ ތެއްޔަށް އަޅާފައި ރަނގަޅަށް އެއްކޮށްލާށެވެ. ދެން 2 މިނިޓުވަރު ހުރިހާ އެއްޗެއް އެއްކުރަމުން ކައްކާލާށެވެ. ފަހު ކަމަކަށް، ސްޕެގެޓީކޮޅު ތެއްޔަށް އަޅާ އެއްކޮށްލާށެވެ. އެއަށްފަހު 2 މިނެޓް ވަރު ކައްކާލާށެވެ.