Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

ފުރަން ދިއުމުގެ ކުރިން ފްލައިޓް މައުލޫމާތު ސާފުކުރަން އެދިއްޖެ

މެދުއިރުމަތީގައި ހަނގުރާމައެއް ފެށި ވައިގެ ސަރަހައްދުތައް ބަންދުކޮށްފައިވާތީ، އެ ސަރަހައްދަށް ދަތުރުކުރާ މީހުންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އެމްއޭސީއެލުން ހާއްސަ އެޑްވައިޒަރީއެއް މިއަދު ނެރެފި އެވެ.

އެމްއޭސީއެލް އިން ނެރުނު އެޑްވައިޒަރީގައި ބުނެފައި ވަނީ، މެދުއިރުމަތީގެ ގިނަ ގައުމުތަކުގެ ވައިގެ ސަރަހައްދު ވަގުތީގޮތުން ބަންދު ކުރުމާއި ގުޅިގެން އެ ސަރަހައްދުގެ ގައުމުތަކަށް ދަތުރު ކުރާ ހުރިހާ ފަރާތްތަކުންވެސް އެެއާޕޯޓަށް އައުމުގެ ކުރިން، އެ ފަސިންޖަރަކު ފުރުމަށް ހަމަޖެހިފައިވާ ފްލައިޓްގެ މައުލޫމާތު އެއާލައިންގެ ވެބްސައިޓާއި ޓުއަރއޮޕަރޭޓަރުން މެދުވެރިކޮށް ހޯދުމަށް އެދޭ ކަަމަށެވެ.

ފަސިންޖަރުން ސަމާލުކަން ދޭން ޖެހޭ މުހިންމު ކަންކަން

– ދަތުރު ކުރާ އެއާލައިންގެ ވެބްސައިޓް ނުވަތަ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ދަތުރުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުން

– ޓުއަ އޮޕަރޭޓަރުން މެދުވެރިކޮށް ދަތުރު އަދި ފްލައިޓްތަކުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުމާއެކު އެ ފަރާތްތަކުން ފޯރުކޮށްދޭ އިރުޝާދުތަކަށް ތަބާވުން

– ދުރާލާ ދަތުރުގެ ކަންކަން ރޭވުން

މެދުއިރުމަތީގެ މަސްރަހު ހޫނުވެފައި ވަނީ އިޒްރޭލާއި އެމެރިކާއިން އީރާނަށް ހަމަލާ ދޭން ފެށުމުންނެވެ. މި ހަމަލާތަކުގެ ރައްދުގައި އިރާނުން އަންނަނީ އިޒްރޭލާއި، އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުންނަ މެދުއިރުމަތީގެ ބައެއް ގައުމުތަކަށް ވެސް ހަމަލާތައް ދެމުންނެވެ.