އެމެރިކާ އާއި އިޒްރޭލު ގުޅިގެން އިރާނަށް ދިން ހަމަލާތަކުގެ ރައްދުގައި އިރާނުން މިރޭ އިޒްރޭލަށް ވަރުގަދަ ހަމަލާތަކެއް ދީފި އެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން އިޒްރޭލުގެ ވެރިރަށް ތެލް އަވީވަށް އަމާޒުކޮށް އިރާނުން ދިން ވައިގެ ހަމަލާތަކުގައި 20 އަށް ވުރެ ގިނަ މީހުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފަ އެވެ. އަދި އެތަނުން އެކެއްގެ ހާލު ސީރިއަސް ކަމަށްވެސް ރިޕޯޓުތައް ބުނެ އެވެ.
އެމެރިކާ އާއި އިޒްރޭލު ގުޅިގެން އިރާނުގެ ވެރިކަން ބަދަލުކުރުމުގެ ބޭނުމުގައި އެގައުމަށް ހަމަލާތައް ދޭން އިއްޔެ ވަނީ ފަށައިފަ އެވެ. އެ ހަމަލާތަކުގައި އިރާނުގެ އެންމެ އިސް ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ އަވަހާރަކޮށްލާފައިވާ އިޒްރޭލާއި އެމެރިކާއިން ވަނީ ބުނެފަ އެވެ.
ނަމަވެސް މިކަމާ ގުޅޭގޮތުން އިރާނުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
އެމެރިކާ އާއި އިޒްރޭލު ގުޅިގެން އިރާނަށް ދިން ހަމަލާތަކުގެ ރައްދުގައި އިރާނުން އަންނަނީ އިޒްރޭލާއި، އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުންނަ މެދުއިރުމަތީގެ ބައެއް ގައުމުތަކަށް ވެސް ހަމަލާތައް ދެމުންނެވެ.