Last Updated: June 7, 18:41
Sunday, June 7, 2026
ދުނިޔެ

އިރާންގެ ސްކޫލަށް ދިން ހަމަލާގައި 100 އަށްވުރެ ގިނަ މަރު

އިޒްރޭލުން އިރާނުގެ ދެކުނުގެ ސަރަހައްދެއްގައި ހުރި ސްކޫލަކަށް ދިން ހަމަލާގައި މަރުވި ކުދިންގެ އަދަދު 100 އިން މައްޗަށް އަރައިފި އެވެ.

އިރާނުގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން އަންހެނުން ކުދިންނަށް ހާއްސަ އެލެމެންޓްރީ ސްކޫލަކަށް އިޒްރޭލުން ދިން ހަމަލާގައި، މިހާތަނަށް 115 ކުދިން ވަނީ މަރުވެފަ އެވެ.

އެމެރިކާ އާއި އިޒްރޭލު ގުޅިގެން އިރާނުގެ ވެރިކަން ބަދަލުކުރުމުގެ ބޭނުމުގައި އެގައުމަށް ހަމަލާތައް ދޭން ފެށީ އިއްޔެ އެވެ. އެ ހަމަލާތަކުގައި އިރާނުގެ އެންމެ އިސް ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ އަވަހާރަކޮށްލާފައިވާ އިޒްރޭލާއި އެމެރިކާއިން ވަނީ ބުނެފަ އެވެ.

ނަމަވެސް މިކަމާ ގުޅޭގޮތުން އިރާނުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

އެމެރިކާ އާއި އިޒްރޭލު ގުޅިގެން އިރާނަށް ދިން ހަމަލާތަކުގެ ރައްދުގައި އިރާނުން އަންނަނީ އިޒްރޭލާއި، އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުންނަ މެދުއިރުމަތީގެ ބައެއް ގައުމުތަކަށް ވެސް ހަމަލާތައް ދެމުންނެވެ.