އައްޑޫގެ ގުޅިފައިވާ އަވަށްތަކުގައި ފުލުހުން ޓްރެފިކް އޮޕަރޭޝަނެއް ހިންގައި 68 ވެހިކަލް ޗެކްކޮށްފި އެވެ.
މިދިޔަ މަހުގެ 28 ގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި ޗެކްކުރި ވެހިކަލްތަކުގެ ތެރެއިން ލައިސަންސް ނެތި ދުއްވައިގެން ވެހިކަލެއް ޓޯކޮށް، ފަސް ވެހިކަލް ދުއްވި ފަރާތްތަކަށް ޓްރެފިކް ގަވާއިދާއި އެއްގޮތަށް ކަންކަން ފުރިހަމަ ކުރުމަށް ނަސޭހަތް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ގަން ޕޮލިސް ޕޮލިސް ސްޓޭޝަނުން މި ޓްރެފިކް އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ފޭދު އާއި މަރަދޫފޭދޫގެ އިތުރުންް މަރަދޫގަ އެވެ. އެ އޮޕަރޭޝަންގައި ވެހިކަލް ޗެކް ކުރުމާއި، ޓްރެފިކް ބާރުބޮޑުވާ ސަރަހައްދުގެ ޓްރެފިކް ފްލޯ ބެލެހެއްޓުމާއި، މަގުމަތި ތަރުތީބު ކުރުމުގައި ހާއްސަ މަސައްކަތްތަކެއް ކޮށްފައިވެ އެވެ.
މީގެ އިތުރުން ފުލުހުންވ ވަނީ ތިން އަވަށުގައި ވޯކް އެންޑް ޓޯކް ހަރަކާތެއް ވެސް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން އާންމުކޮށް މީހުން ޖަމާވާ ތަންތަނަށް ޒިޔާރަތްކޮށް، ރައްޔިތުންނާއި ބައްދަލުކޮށް މައުލޫމާތު ދީފައިވެ އެވެ.