Last Updated: June 27, 13:13
Saturday, June 27, 2026
ޚަބަރު

ހައްޔަރު ކުރުމަށް އަމުރެއް ނެރެފައިވަނިކޮށް ކުރީގެ ސީޕީ ހުސެއިން ވަހީދު ރާއްޖެއިން ބޭރަށް!

ކުރީގެ ކަމިޝްނާ އޮފް ޕޮލިސް ހުސެއިން ވަހީދު ހައްޔަރު ކުރުމަށް ކޯޓު އަމުރެއް ނެރެފައިވަނިކޮށް ކުއްލި ގޮތަކަށް އިއްޔެ ހަވީރު ރާއްޖޭން ބޭރަށް ފުރާވަޑައިގެންފިއެވެ.

"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހުސެއިން ވަހީދު އިއްޔެ ހަވީރުގެ ވަގުތެއްގައި ފުރާވަޑައިގެންފައިވަނީ ސްރީލަންކާއަށެވެ.

ރައީސް ޔާމީން ދަތުރުކުރެއްވި ލޯންޗްކޮޅުގައި އެއްޗެއް ގޮވި ހާދިސާއަށް ފަހު، މަގާމުން ދުރުކުރެވިފައިވާ ހުސެއިން ވަހީދު މީގެ ކުރިންވެސް ވަނީ ކުއްލި ގޮތަކަށް ސިންގަޕޫރަށް ވަޑައިގެންފައެވެ. އެފަހަރު ހުސެއިން ވަހީދު ސިންގަޕޫރަށް ވަޑައިގަތީވެސް މަގާމުގެ ޒިއްމާއިން ދުރުކުރެވިފައި ވަނިކޮށް ކަމަށް މީޑިއާއިން ރިޕޯޓް ކޮށްފައި ވެއެވެ.