Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

މެދުއިރުމަތީގެ ނޫން އެއާލައިންތައް އިތުރު ކުރަނީ

އެމެރިކާގެ ވާގިވެރިކަމާ އެކު އިޒްރޭލުން އިރާނާ ދެކޮޅަށް އިއްޔެ ފެށި ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ހެދި ބައިނަލްއަގުވާމީ މަދަނީ ވައިގެ އުދުހުންތަކަށް އައިސްފައިވާ ބަދަލުތަކާ ގުޅިގެން ރާއްޖެއަށް އައު އެއާލައިންތައް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޓްރާބްސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.

އެތަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މެދުއިރުމަތީގެ މަސްރަހަށް އަންނަމުންދާ ބަދަލުތަކާއި އެ ސަރަހައްދުގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގައި އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން ކުރިމަތިވެފައިވާ ހާލަތު މިނިސްޓްރީން ވަރަށް ކައިރިން ބަލަމުން އަންނަ ކަމަށެވެ.

އަދި މެދުއިރުމަތީގައި ހިނގަމުންދާ ކަންކަމުގެ ސަބަބުން މަދަނީ ވައިގެ ދަތުރުފަތުރާއި ފަތުރުވެރިމަަށް ކުރާ އަސަރު ރާއްޖޭގެ އިގުތިސާދަށް ވާސިލުވާނެކަން ފާހަގަކޮށް ބުނީ މެދުއިރުމަތިން ރާއްޖެއަށް ކުރާ ދަތުރުތަކަކީ އިގުތިސާދަށް މުހިއްމު ދަތުރުތަކެއް ކަމަށެވެ.

ނަމަވެސް މި ދަނޑިވަޅުގައި އެ ސަރަހައްދުގެ ވައިގެ އުދުހުންތަކަަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖެއަށް ދަތުރުކުރާ މައިގަނޑު އެއާލަައިންތަކާއި ކަމާގުޅޭ ބައިނަލްއަގުވާމީ އިދާރާތަކާ ގުޅިގެން މިނިސްޓްރީން މަސައްކަތްކުރަމުން އަންނަ ކަމަށް ޓްރާންސްޕޯް މިނިސްޓްރީން ބުންޏެވެ. އަދި އެންމެ އިސް އަމާޒަކީ މި ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ދަތުރުކުރާ ފަސިންޖަރުންނާއި ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުން ކަމަަށް ވެސް ބުންޏެވެ.

މެދުއިރުމަތީގެ ބައެއް އެއާލައިންތަކުން ރާއްޖެއަށް ކުރަމުންދާ ދަތުރުތަކުގެ ޝެޑިއުލަށް ބަދަ ލުއައި ނަމަވެސް އެހެނިހެން އެއާލައިންތަކުގެ ދަތުރުތައް ތާވަލާ އެއްގޮތަށް ކުރިއަށް ދެ ކަމަށެވެ. މީގެ އިތުރުން މި ހާލަތު ސަބަބުން ކުރާ އަސަރު ކުޑަކުރުމަށްޓަކައި ދެކުނު އިރުމަތީ އޭޝިއާ އާއި އިރުމަތީ އޭޝިޔާ އަދި އިންޑިޔާގެ އިތުރު އެއާލައިންތަކުން ރާއްޖެއަށް ގެނައުމާ ގުޅޭ ގޮތުން މިނިސްޓްރީން އަންނަނީ އެ ފަރާރްތަކާ މަޝްވަރާކުރަމުން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ރާއްޖެއަކީ އަބަދުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން ޓޫރިސްޓުން އަންނަ ގައުމަކަށްވާތީ، ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަމާއި މެހެމާންދާރީގެ އެންމެ މަތީ މިންގަނޑުތައް ދެމެހެއްޓުމުގައި މިނިސްޓްރީން ދެމިއޮންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.